ވީއޭއާރު ނުވަތަ ވީޑިއޯ އެސިސްޓެންޓް ރެފްރީއަކީ މެޗުގައި ރެފްރީން ނިންމާ ނިންމުންތައް ވީޑިއޯ މެދުވެރިކޮށް އިތުރަށް ޔަގީންކުރަން ފުޓްބޯޅައަށް ތައާރަފްކޮށްފައިވާ ނިޒާމެކެވެ. ވީއޭއާރު ބޭނުންކުރާ މެޗުތަކުގައި އެކަމަށް ހާއްސަ ރެފްރީއެއްވެސް ހުންނާނެއެވެ. އޭނާގެ ޒިންމާއަކީ ރެފްރީގެ ނިންމުން އިތުރަށް ޔަގީންކުރުމެވެ. އަދި ގޯސްކޮށް ނިންމުމެއް ނިންމައިފިނަމަ ވީއޭއާރުގެ ސަބަބުން އެ ނިންމުން ބަދަލުކުރަން އެހީވެދެއެވެ.

ވީއޭއާރު ގާއިމްކުރުމަކީ ހަރަދުތަކެއް ހިނގާކަމެއްކަމުން ދުނިޔޭގެ އެންމެ ބޮޑެތި ލީގުތަކުގައި ނޫނީ މި ނިޒާމް ތައާރަފްކޮށްފައެއް ނުވެއެވެ. ކުދި ކުދި ލީގުތަކުގައި މި ނިޒާމް އެއްގޮތަކަށްވެސް ބޭނުމެއް ނުކުރެއެވެ. ނަމަވެސް ޔޫރަޕްގެ ގައުމެއްކަމަށްވާ ސާބިއާގެ ލީގެއްގައި ކުޅުނު މެޗެއްގައި ވަނީ ސަޕޯޓަރެއްގެ ފޯނު ވީއޭއާރުގެ ގޮތުގައި ބޭނުންކޮށްފައެވެ.

މިމެޗުގައި ޓީމަކުން ޖެހި ލަނޑެއް ރެފްރީ ބަލައިނުގަތުމުން އެ ޓީމުގެ ސަޕޯޓަރުން ދިޔައީ އެ މީހުންގެ ފޯނުން ނަގަމުން ދިޔަ ވީޑިއޯތައް ބެލުމަށްފަހު އެ ނިންމުން ބަދަލުކުރުމަށް ގޮވަމުންނެވެ. އެކަމާއި ގުޅިގެން ރެފްރީ ގޮސް އެތަނުން ސަޕޯޓަރެއްގެ ފޯނުން އެ ގޯލުގެ ވީޑިއޯ އަލުން ބެލިއެވެ.



ސަޕޯޓަރެއްގެ އަތުގައި އޮތް ފޯނުން ނެގި ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އޭނާގެ ނިންމުން ބަދަލުކޮށް، އެއީ ގޯލެއްކަމަށް ނިންމާފައެވެ. އެއާއެކު ގޯލް ކާމިޔާބުކުރި ޓީމާއި ސަޕޯޓަރުން އުފާ ފާޅުކުރަން ފެށިއެވެ.

ބެލެވޭ ގޮތުގައި މިއީ ސަޕޯޓަރެއްގެ ފޯނު ވީއޭއާރުގެ ގޮތުގައި ބޭނުންކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި ރާއްޖޭގައި ޔޫސޭގެ ޑްރާމާތަކުގައި ދަނޑު ކައިރީގައި ހުންނަ ގޭގެއިން މެޗުގެ ރީ-ޕްލޭ ބަލައިގެން ރެފްރީގެ ނިންމުން ބަދަލުކުރިނަމަވެސް، މެޗު ބަލަން އިން ސަޕޯޓަރެއްގެ ފޯނު ރެފްރީގެ ނިންމުން ޔަގީންކުރުމަށް ބޭނުންކުރި ކަމެއް އެނގިފައެއް ނެތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން