ބޮލީވުޑްގެ ތަރި ޖޫހީ ޗަވްލާ ފުރަތަމަ ފަހަރަށް ފެނިގެންދާ ޑިޖިޓަލްކޮށް ރިލީޒްކުރާނެ އާ ވެބް ސީރީޒް، 'ހަޝް ހަޝް'ގެ ޓްރެއިލަރ ދައްކާލައިފިއެވެ.

އެކިކަހަލަ ސިއްރުތަކާއި ސަސްޕެންސް އަދި ޑްރާމާތަކުން ފުރިފައިވާ 'ހަޝް ހަޝް' ސީރީޒުގެ ޓްރެއިލާއިން ގާތް ރައްޓެހިންތަކެއްގެ ދިރިއުޅުމުގެ ކުޑަ ހިލަމެއް ލިބިގެންދެއެވެ. އެގޮތުން މިސީރީޒުގައި ޖޫހީ ގެ އިތުރުން ޝަހާނާ ގޯސްވާމީ، ސޯހާ އަލީ ޚާން، ކިރްތިކާ ކަމްރާ އަދި ކަރިޝްމާ ތަންނާ ވެސް ހިމެނެ އެވެ.



މިސީރީޒުގައި، ޖޫހީ ޗާވްލާ ފެނިގެންދަނީ ވިޔަފާރިވެރިއެއްގެ ގޮތުގައެވެ. އަދި ސޯހާ އަލީ ޚާން ކުރީގެ ތަހުގީގީ ނޫސްވެރިއެއްގެ ގޮތުގައި ފެނިގެންދާއިރު، ޝަހާނާ ގޯސްވާމީ ފެނިގެންދަނީ ފެޝަން ޑިޒައިނަރެއްގެ ގޮތުގައެވެ. އަދި މުޖުތަމައުގެ ތެރޭގެ ނާތަހުޒީބީ ވިސްނުންތަކެއްގެ ތެރޭގައި ތާށިވެފައިވާ މީހެެއްގެ ކެރެކްޓަރ އިން ކްރިތިކާ ކަމްރާ ފެނިގެން ދާއިރު، ފުލުހެއްގެ ގޮތުގައި ކަރިޝްމާ ތަންނާ ފެނިގެން ދެއެވެ.

'ހަޝް ހަޝް' ރިލީޒްކުރަން ހަމަޖެހިފައިވަނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ އިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން