ރަށު މާރުކޭޓް ގޮޅިތައް - ފޮޓޯ: އެޗްޑީސީ
ރަށު މާރުކޭޓް ގޮޅިތައް - ފޮޓޯ: އެޗްޑީސީ
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ ރަށު މާރުކޭޓު ގޮޅިތައް ގަވާއިދާ ހިލާފަށް ކުއްޔަށް ދީގެން ހިންގަމުންދާ މީހުންގެ އެއްބަސްވުން އާ ނުކޮށް އެ މީހުން އެތަން ހިންގަން ހަވާލު ކުރި މީހުންނާއެކު އެއްބަސްވުން ހަދަން އެޗްޑީސީއިން ނިންމައިފިއެވެ.

އެޗްޑީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރަށު މާރުކޭޓު ގޮޅިތަކުގެ އެއްބަސްވުންތަކުގެ މުއްދަތު ހަމަވާތީ އެއްބަސްވުންތައް އާ ކުރުމުގެ ކުރިން އެ ކޯޕަރޭޝަނުން ބެލި ބެލުމުން އެ ތަންތަން ހިންގަން ހަވާލު ކުރި ބައެއް މީހުން ޔުނިޓުތައް ތިން ވަނަ ފަރާތަކާ ހަވާލުކޮށްގެން ހިންގަމުންދާކަން ފާހަގަ ކުރެވިފައިވާކަމަށެވެ.

އެހެންކަމުން، ރަށު މާރުކޭޓުން އެކަށީގެންވާ އަގެއްގައި ތަކެތި ވިއްކޭނެކަމާއި ހިދުމަތް އިތުރަށް ރަނގަޅުކޮށް ހިދުމަތް މެދުނެކެނޑި ދެވޭނެކަން ކަށަވަރު ކުރުމަށްޓަކައި، ގަވާއިދާ އެއްގޮތަށް ގޮޅިތައް ހިންގަމުންދާ މީހުންގެ އެއްބަސްވުންތައް އިތުރު ހަ މަސް ދުވަހަށް އިތުރު ކުރުމަށާއި، ގަވާއިދާ ހިލާފަށް ތިން ވަނަ ފަރާތަކަށް ގޮޅި ދޫކުރި މީހުންގެ އެއްބަސްވުންތައް އާ ނުކުރުމަށް ނިންމާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

ނަމަވެސް، ތިންވަނަ ފަރާތުގެ ގޮތުގައި ގޮޅި ކުއްޔަށް ނަގައިގެން ހިންގަމުން ދިޔަ މީހުންނަށް ގަވާއިދާ އެއްގޮތަށް އެތަން ހިންގުމުގެ ފުރުސަތު ދިނުމަށް އެ މީހުންނާއެކު އެއްބަސްވުން ހަދަން ނިންމާފައިވާ ކަމަށް ވެސް އެޗްޑީސީއިން ބުންޏެވެ. އެހެންކަމުން އެކަން އެނގޭނެ ލިޔުންތަކާއެކު މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 3:30 ގެ ކުރިން އެޗްޑީސީއަށް ހުށަހެޅުމަށް އެ ކޯޕަރޭޝަނުން އެދެއެވެ.


ކިޔުންތެރިންގެ ހިޔާލު


9

ރަށުކަލޭގެ

14-Sep-2022

ތީގަ އެތާ ތިބީވެސް އުސޫލާ ހިލާފަށް ތިބިބައެއް. ދެން އެމީހުންނަށް ތިތަން ދިނުމަކޯނރަނގަޅު ގޮތަކަށް ނުވާނެ އެހެންވީމައި.



ޓްރެންޑިން