ހެނދުނުގެ ނާސްތާގައި ވިޔަސް، ސްނެކެއްގެ ގޮތުގައި ނަމަވެސް ޕާން ފޮއްޗަކާއިއެކު ޖޭމުގެ ރަހައެއް ހިމަނާލުމަކީ ޒަމާނުއްސުރެ ދިވެހީންގެ އާދައެކެވެ. މިއާދަ ދޫކޮށްލުމުގެ ބަދަލުގައި ސިއްހަތަށް ފައިދާހުރި ރަހަމީރު ބްރޭންޑެއްގެ ޖޭމު ބޭނުންކުރުމުން ލިބޭ ހިތްހަމަޖެހުން އަދި މާބޮޑެވެ.

އެގޮތުން އަޒަރުބައިޖާންގެ އުފެއްދުމެއްކަމަށްވާ ގާޑަންސް ބްރޭންޑުގެ ރަހަމީރު ޖޭމަކީ މިކަމަށް އޮތް ހައްލެވެ.

ގާޑަންސް ޖޭމަކީ އޯގަނިކް ބްރޭންޑެކެވެ. އެގޮތުން މިއީ މީރު ރަހަތަކާއެކު ސިއްހަތަށް އެތައް ފައިދާތަކެއް ލިބިދޭ ޕްރޮޑަކްޓްތަކެއް ހިމެނޭ ބްރޭންޑެކެވެ. މި ބްރޭންޑުގެ އުފެއްދުންތަކުގައި ގުދުރަތީ ފައިބަރާއި ވިޓަމިންސް އާއި މިނަރަލްސް އާއި އެމިނޯ އެސިޑް އަދި އެހެނިހެން ހަށިގަނޑަށް ފައިދާ ހުރި މާއްދާތައް ހިމެނިފައިވެއެވެ.



ގާޑަންސް ބްރޭންޑަކީ ވިލާ ޓްރޭޑިންގ ފިހާރަ، ވިލާ މާރޓުގެ އެކްސްކްލޫސިވް ބްރޭންޑެކެވެ. އެގޮތުން މިބްރޭންޑުގެ ތަފާތު ވައްތަރުގެ މޭވާގެ ރަހަތަކުގެ ޖޭމު، ވިލާމާޓުން ދަނީ ހުސްނުކޮށް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވެސް ވިއްކަމުންނެވެ.

މިބްރޭންޑުގެ ތަފާތު ރަހަތަކުގެ ތެރޭގައި، އާފަލު، ސްޓްރޯބެރީ، އެޕްރިކޮޓް، ޗެރީ، އޮރެންޖް އަދި ޕީޗް ހިމެނެ އެވެ. އެގޮތުން މިއީ އެކިވައްތަރުގެ ބަނަހާއި ޕާން ޓޯސްޓްކޮށްލައިގެން އަދި، ހޫނު ފަރާޓާ ނުވަތަ ރޮއްޓާއެކުވެސް ކާލަން މީރު ޖޭމެކެވެ. އަދި އައިސްކްރީމާއެކު ކާލަންވެސް މި ޖޭމުގެ ފްލޭވަރތައް ވަރެއް ނެތެވެ.



ވިލާމާޓުގެ މި އެކްސްކްލޫސިވް ބްރޭންޑުގެ އުފެއްދުމުގެ ފެންވަރާއި ރަހަ ތަޖުރިބާ ކޮށްލުމަށް އާންމުންނަށް ހުޅުވާލައިގެން ހުސްވިމަހު ކުރިއަށްދިޔަ ހާއްސަ ރަހަ ޓޭސްޓިންގ އިވެންޓުންވެސް، މިޖޭމަކީ ދިވެހީންނަށް ކަމުދާ ބްރޭންޑެއްގެ ޕްރޮޑަކްޓެއްކަން އެނގިގެންދިޔައެވެ. ގިނަ ބައެއްގެ ތަރުހީބު ލިބުނު މިއިވެންޓުވެސް ވެގެންދިޔައީ ބޮޑު ކާމީޔާބީއަކަށެވެ. މިފަދަ އިވެންޓުތަކާއެކުވެސް، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތާއި ހިތްހަމަޖެހުމަކީ އަބަދުވެސް ކާމިޔާބީގެ ތަޅުދަނޑިކަމަށް ދެކޭ ވިލާ ޓްރޭޑިންގުންދަނީ އާންމުންނަށް ބޭނުންވާ ބާވަތްތަކުގެ އުފެއްދުންތައް ދެނެގަތުމަށް އަބަދުވެސް މަސައްކަތްކުރަމުންނެވެ.

އެގޮތުން ވިލާ މާޓުގެ ކޮންމެ ފިހާރައަކަށް ނަޒަރު ހިންގާލިޔަސް، ވިލާމާޓްގެ އެކްސްކްލޫސިވް ބްރޭންޑްތަކުގެ ޕްރޮޑަކްތަކުގެ އިތުރުން، އެކި ކަހަލަ މޭވާ އަދި ތަރުކާރީ އާއި އާންމު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އެކި ބާވަތްތައް ދަތި ނުވެ އަދި ހުސްނުވެ ލިބޭނެ މަގުފަހިކޮށް ދީފައިވެއެވެ. އަދި ކޮސްމެޓިކްސް އާއި ގޭގައި ބޭނުންކުރާ އެހެނިހެން ތަކެތި ހިމެނޭ ގޮތަށް އެހެނިހެން މުދަލާއެކު ރާއްޖޭގެ ބާޒާރުގައި ފެންވަރު ރަނގަޅު ކާނާއާއި ބުއިންތައް ދިވެހީންނާ ހަމައަށް ފޯރުކޮށްދިނުމަކީވެސް ވިލާ މާޓުގެ އަމާޒެކެވެ.

ވިލާމާޓްގެ އެކްސްކްލޫސިވް ބްރޭންޑްތަކުގެ ޕްރޮޑަކްތަކާއި، އެ ކުންފުނިން ރާއްޖެ އެތެރެކުރާ އުފެއްދުންތައް ހޯލް ސޭލް އަދި ރީޓެއިލްކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދެމުން އަންނަ ވިލާ މާޓުގެ 4 ސުޕަރމަރކެޓެއް، މާލެ އާއި ހުޅުމާލޭގައި މިހާރު ވަނީ ގާއިމުކޮށްފައެވެ.

މީގެ އިތުރުން ގޭގައި ތިއްބަވައިގެން ފަސޭހައިން ބާޒާރުކޮށްލުމަށް ވިލާ މާޓުގެ ހާއްސަ ވެބްސައިޓް މެދުވެރިކޮށް، ފިހާރަތަކުން ވިއްކާ ހުރިހާ ޕްރޮޑަކްޓްތައް ބަލާލައި، އޮންލައިންކޮށް ބާޒާރު ކޮށްލެވޭނެއެވެ. އަދި އޮންލައިންކޮށް ބައްލަވައިގަންނަ މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތްވެސް ވިލާ މާޓުން ދެމުންގެންދެއެވެ.



އާންމުންގެ މެދުގައި މިހާރު މަގުބޫލުކަން ލިބެމުން އަންނަ އޮންލައިން ވިޔަފާރިއަށް އިސްކަންދީ އެކަން އިތުރަށް ފަސޭހަކޮށްލުމަށްޓަކާ ވިލާ މާޓުގެ ވެބްސައިޓް މެދުވެރިކޮށް ފަސޭހައިން ވިޔަފާރިކޮށްލުމުގެ އިތުރުން، ވިލާ މާޓުގައި ލިބެންހުރި އުފެއްދުންތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތުވެސް ވެބްސައިޓުން ލިބިގެންދާނެއެވެ.

ވެބްސައިޓްގެ އިތުރުން ވިލާމާޓުގެ ހާއްސަ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށްވެސް ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ވިޔަފާރި ކޮށްލެވޭނެއެވެ. މި އެޕްލިކޭޝަން މިހާރު ގޫގުލް ޕްލޭ އަދި އެޕަލް ގެ އެޕް ސްޓޯރ އިން ޑައުންލޯޑް ކޮށްލައިގެން ބޭނުންކޮށްލެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން