އިނގިރޭސިވިލާތުގެ ޕްރިންސަސް ޑަޔާނާ މަރުވިތާ 25 އަހަރު ފުރެން ކައިރިވެފައިވަނިކޮށް ޑަޔާނާގެ ކާރެއްް ނީލަންކިޔައި ވިއްކާލައިފިއެވެ.

ނީލަންކިޔާފައިވަނީ ޑަޔާނާ 1980ގެ އަހަރުތަކުގައި ދުއްވި ކަޅު ކުލައިގެ ފޯޑް އެސްކޯޓް އާރުއެސް ޓާބޯ ކާރެވެ. މިކާރު ވިކިފައިވަނީ 650،000 ޕައުންޑް (764،000 ޑޮލަރ) އަށެވެ. މިކާރު ނީލަމުގައި ވިއްކާލި ސިލްވަރސްޓޯން އޮކްޝަންސް އިން ބުނީ ނީލަންކިޔުން ބަންދުވުމުގެ ކުރިން، އެތައްބަޔަކު ކާރުގަތުމަށް ބިޑު ހުށަހެޅިކަމަށެވެ.

1985 އިން 1988 އަށް ޑަޔާނާ ދުއްވި މިކާރުވަނީ، ޗެލްސީގެ ބޫޓިކް ފިހާރަތަކާއި ކެންސިންގޓަންގެ ރެސްޓޯރެންޓްތައް ކައިރީ އޮއްވާ، ފޮޓޯ ތަކުން ފެނިގެންގޮސްފައެވެ. ރިޕޯޓުތައް ބުނާގޮތުން އަމިއްލަ ކާރު ދުއްވަން ޑަޔާނާ އަބަދުވެސް އިސްކަން ދީފައިވެއެވެ. އެގޮތުން ކާރުދުއްވަން ޑަޔާނާ އިންނައިރު ސެކިއުރިޓީ ޓީމުގެ މެމްބަރު ފަސިންޖަރުގެ ގޮނޑީގައި އިންނަކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އަދި މިއީ ޑަޔާނާ ދުއްވި ކާރެއް ވިއްކާލި ފުރަތަމަ ފަހަރެއްވެސް ނޫނެވެ. އެގޮތުން މިދިޔަ އަހަރުވެސް ވަނީ ޑަޔާނާ ބޭނުންކުރި އިތުރު ފޯޑް އެސްކޯޓެއް ނީލަމުގައި ވިއްކާލައިފައެވެ. އެކާރު ވިކިފައިވަނީ 52،000 ޕައުންޑް (61،100 ޑޮލަރު) އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން