"ގޭމް އޮފް ތްރޯންސް" ސީރީޒްގެ ޕްރިކުއެލް ސީރީޒް، "ހައުސް އޮފް ދަ ޑްރެގަން" އެޗްބީއޯގައި ޕްރިމިއަރ ކުރި ރޭ، ރެކޯޑް އަދަދަކަށް ބެލުންތެރިން ހޯދައި، އެޗްބީއޯގެ އެންމެ ބޮޑު ސީރީޒް ޕްރިމިއާއަށް ވެގެންދިޔަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އެޗްބީއޯއިން އާންމުކޮށްފައިވާ މައުލޫމާތުން ދަައްކާގޮތުގައި، ހައުސް އޮފް ދަ ޑްރެގަން ޕްރިމިއަރ ކުރި ރޭ ގާތްގަނޑަކަށް 10 މިލިއަން ބެލުންތެރިން ވަނީ އެސީރީޒް ބަލާފައެވެ. މިއާއެކު ހައުސް އޮފް ދަ ޑްރެގަން ވަނީ އެމެރިކާ، ލެޓިން އެމެރިކާ، ޔޫރަޕް، މެދުއިރުމަތި، އަދި އެފްރިކާގައިވެސް އެޗްބީއޯ އިން ޕްރިމިއަރ ކުރި އެންމެ ބޮޑު ސީރީޒްގެގޮތުގައި ފާހަގަވެފައެވެ.

ހައުސް އޮފް ދަ ޑްރެގަން އަކީ ޖޯޖް އާރް އާރް މާޓިންގެ ފޮތް، ފަޔަރ އެންޑް ބްލަޑްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ސީރީޒެކެވެ. މިސީރީޒުގައި ހިމެނެނީ 10 އެޕިސޯޑެވެ.

ހައުސް އޮފް ދަ ޑްރެގަން ސީރީޒަކީ ދުނިޔޭގެ ގިނަބަޔަކަށް މަގުބޫލުވި ގޭމް އޮފް ތްރޯންސް ސީރީޒުގެ 200 އަހަރު ކުރި ދައްކުވައިދޭ ސީރީޒެކެވެ. މިސީރީޒް ޕްރިމިއަރކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން