އަމީތާބު ބައްޗަން ދެވަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އޭނާ މިކަން ހާމަކޮށްފައިވަނީ، ރޭގެ ވަގުތެއްގައި އޭނާގެ ފޭނުންނަށް ފޮނުވި ހާއްސަ ޓްވީޓެއްގައެވެ. އެގޮތުން އޭނާގެ ޓްވީޓްގައި ބުނެފައިވަނީ ކޮވިޑް ޓެސްޓެއްގެ ނަތީޖާ ޕޮޒިޓިވް ވެފައިވާކަމަށާއި، އަދި އޭނާ އާއި ގާތުން ހަރަކާތްތެރިވެ އުޅުނު އެންމެން ކޮވިޑް ޓެސްޓު ކުރުމަށް ވަނީ އެދިފައެވެ.

މިއީ އަމީތާބު ކޮވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެއް ނޫނެވެ. އޭނާ ވަނީ 2020 ވަނަ އަހަރުގެ ޖުލައި މަހު ވެސް ކޮވިޑަށް ޕޮޒިޓިވްވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ހޯދާފައެވެ.

ބޮލީވުޑްގެ ކާމިޔާބު ތަރި ދެވަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވްވުމާއެކު، ކުރިއަށް އޮތް ހަފްތާއެއްހާ މުއްދަތަށް އޭނާގެ ހުރިހާ ޝޫޓިންގެ މަސައްކަތެއް ވަނީ މަޑުޖައްސާލާފައެވެ. އަދި ބައްޔަށް ނެގެޓިވް ވަންދެން އެކަހެރިވެ ހުންނާނެކަމަށް އަމީތާބު ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން