އެސްޓީއޯގެ މަގޭ ހިޔާ ޕްރޮމޯޝަން ފަށައިފިއެވެ.

ގެއަށް ބޭނުންވާ ތަފާތު ސާމާނަށް ހާއްސަ މިޕްރޮމޯޝަން ކުރިޔަށްދަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައެވެ. އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ބައްލަވައިގަންނަވާ މި ޕްރޮމޯޝަންގައި ހިމެނޭ އައިޓަމްތަކަށް ހޭދަކުރާ ކޮންމެ 5،000 ރުފިޔާއަކަށް ކޫޕަނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.



މިޕްރޮމޯޝަންގެ ދަށުން ނެގޭ ހާއްސަ ލަކީ ޑްރޯއިން ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއްވެސް އެސްޓީއޯއިން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ގްރޭންޑް ލަކީ ޑްރޯގެ އެއްވަނަ އިނާމަކަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ގްރޭންޑް ލަކީ ޑްރޯގެ ދެވަނަ އިނާމަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. އަދި ގްރޭންޑް ލަކީ ޑްރޯގެ ތިން ވަނަ އިނާމަކަށް 5،000 ރުފިޔާގެ ގިފްޓް ވޮއުޗަރެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެސްޓީއޯއިން ހާމަކޮށްފައިވެއެވެ.

މީގެއިތުރުން، މަގޭ ހިޔާ ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓް ލިބޭ ތިން ޕެކޭޖެއްވެސް ވަނީ ތައާރަފުކޮށްފައެވެ. މީގެތެރޭގައި، %12 ޑިސްކައުންޓް ލިބޭ ރިހި ޕެކޭޖް (ގަންނަ މުދަލުގެ އަގު 15،000 އާއި 25،000ރ. ދެމެދު) %15 ޑިސްކައުންޓް ލިބޭ ރަން ޕެކޭޖު (ގަންނަ މުދަލުގެ އަގު 25،000 އާއި 35،000ރ. ދެމެދު)، އަދި %18 ޑިސްކައުންޓް ލިބޭ ހުދު ރަން ޕެކޭޖު (ގަންނަ މުދަލުގެ އަގު 35،000ރ. އިން މަތި) ހިމެނެއެވެ.



އެސްޓީއޯގެ މަގޭ ހިޔާ 2022 ޕްރޮމޯޝަން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން، މިއަހަރުގެ ނޮވެމްބަރ 10 ވަނަ ދުވަހާއި ހަމައަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން