ޖިންސީ ގޯނާ ކުރުމާއި، ރޭޕް ކުރުމަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި ހެދުމަށް ތާއީދު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރޭޕް އާއި ޖިންސީ ގޯނާ ކުރުމަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައި ހެދުމަށާއި އެފަދަ މީހުންނާއިމެދު ޤާނޫނީ ގޮތުން އެޅެންހުރި ހަރުކަށި ފިޔަވަޅު އެޅުމަށް ތާއީދު ކުރެއްވުމަށް އެދި ސޯޝަލް މީޑިއާގައި މިހާރު ކުރިއަށް ގެންދާ ކެމްޕޭނުގައި، އުޝާމްގެ ދާއިރާގެ ރައްޔިތަކު ކޮށްފައިވާ ޓްވީޓަކަށް ޖަވާބުދެއްވަމުން މަޝްހޫރު ޤާނޫނީ ވަކީލް އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވީ، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން ރޭޕްކުރުމާއި، ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބެލުމަށް ތާއީދު ކުރައްވާ ކަމަށެވެ.

އެހެން ނަމަވެސް މިކަން ކާމިޔާބު ކުރުމަށްޓަކައި ނުފޫޒެއްނެތް ފުރިހަމަ ރަނގަޅު ޝަރުޢީ ނިޒާމެއް އޮންނާނެކަމުގެ ޔަގީންކަން ދައުލަތުން ދޭންވާނެ ކަމަށާއި، އާއްމުކޮށް މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތް ތަމްސީލުކުރެވޭނެ ޤާނޫނީ ފަރާތެއް ހަމަޖެއްސުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން ވެސް މިފަދަ މައްސަލަތައް ތަހުގީގު ކުރުމާއި މައްސަލަތައް އިތުރަށް ބެލުމުގައި ގިނަ ދުވަސްތަކެއްވާ ކަމަށް އުޝާމް ވިދާޅުވިއެވެ.

މިހިނގާ މާލޭގެ ފުރަބަންދުގެ ތެރޭގައި މާލޭގައި ރޭޕްގެ ދެ މައްސަލައެއް ފެންމަތި ވެފައިވާއިރު، މި މައްސަލަތަކުގައި ޢާއިލާގެ އިހުމާލުވެސް ވަރަށް ބޮޑަށް އޮތްކަން ވަނީ ފާހަގަކުރެވިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން