ބާ ޖަމާލުއްދީން ސްކޫލްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ބާ ޖަމާލުންދީން ސްކޫލްގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބިގެން އެސަރަހައްދުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ މިރޭ 10:51 ހާއިރުކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތް އެޅުމަށް ބާ ޖަމާލުއްދީން ސްކޫލް ތަޅާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ އެ މަސައްކަތުގައި އިމާރާތް ރޫޅާލާފައި ހުރި ބައިގައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވިކަމަކަށް އެމްއެންޑީއެފުން މިހާތަނަށް ބުނެފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން