މާލޭގެ ބައެއް ޕްރައިވެޓް ސްކޫލްތަކުން ދަރިވަރުންނަށް މޯބައިލް ފޯނާއި، ޓެބްލެޓް އަދި އެއާޕޮޑް ފަދަ ތަކެތި ކްލާސްރޫމަށް ގެނައުމުގެ ހުއްދަ ދިނުމަކީ ޒަމާނީ ތަޢުލީމަށް އެޅުނު ފިޔަވަޅެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ނަމަވެސް، ސްކޫލް ޔުނީފޯރމްގައި، ކަންފަތަށް އެއާޕޮޑް ޖަހައިގެން ކްލާސްރޫމާއި ސްކޫލް ތެރޭގައި އުޅުމަކީ ހަޤީޤަތުގައި "ކޫލް" ކަމެއް ނޫނެވެ. މިއީ ޤައުމުގެ މުސްތަޤްބަލް ކަމަށްވާ ދަރިވަރުންނަށް ސްކޫލްތަކުން ކޮށައިދޭ ވަރަށް ނުރައްކާތެރި އަދި ގޯސް މަގެކެވެ.
މިފަދަ އާލާތްތައް ބޭނުންކުރުމުގެ ހުއްދަ ދިނުމުން، ގިނަ ދަރިވަރުންނަށް އެއީ އުނގެނުމުގެ ވަސީލަތަކަށް ވުމުގެ ބަދަލުގައި، ވެގެންދަނީ އަމިއްލަ ވިސްނުން ފޭރިގަންނަ މަސްދަރަކަށެވެ. ފިލާވަޅަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ސޯޝަލް މީޑިއާ ބޭނުންކުރުމާއި، ގޭމް ކުޅުމާއި، މެސެޖު ކުރުމަށް ދަރިވަރުންގެ ސަމާލުކަން ފަސޭހައިން ދަމައިގަނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ކްލާސްރޫމްގެ ފޯކަސް ގެއްލި، ކިޔަވައިދިނުމާއި އުނގެނުމުގެ މުޅި މާހައުލަށް ނޭދެވޭ އަސަރު ކުރެއެވެ.
ޓީޗަރުންނަށް މިކަމުގެ ސަބަބުން ކުރިމަތިވަނީ ކުރިއަށްވުރެ ބޮޑެތި ގޮންޖެހުންތަކެވެ. ކްލާސްރޫމްގެ އަދަބުތަކާއި ޑިސިޕްލިން ހިފެހެއްޓުމަކީ މިހާރުވެސް އުނދަގޫ ކަމަކަށް ވާއިރު، ކޮންމެ ކުއްޖަކު އަމިއްލަ ދުނިޔެއެއްގައި ޑިވައިސްތަކަށް ގެއްލިފައި ތިބުމުން ފިލާވަޅުތައް މެދުކެނޑި، ތައުލީމީ ފެންވަރު ދަށަށް ދެއެވެ. މީގެ އިތުރުން، މިއީ އިޖުތިމާއީ ފަރަގުތައް ބޮޑުކޮށްދޭ ކަމެކެވެ. ކޮންމެ ބެލެނިވެރިއަކަށް އެންމެ ފަހުގެ ސްމާޓްފޯނާއި އެއާޕޮޑް ގަނެދެވޭނެ ތަނަވަސްކަމެއް ނުހުންނާނެއެވެ. މީގެ ސަބަބުން ދަރިވަރުންގެ މެދުގައި ނޭދެވޭ އަޅާކިޔުންތަކާއި ޕްރެޝަރު އުފެދި، ބައެއް ކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެގެންދެއެވެ.
ޒުވާން އުމުރުގައި ސްކްރީންތަކަށް މާބޮޑަށް ހުސްވުމަކީ ކުދިންގެ ނިދުމުގެ އާދަތަކަށާއި، ކަންކަމަށް ސަމާލުކަންދޭ މިންވަރަށް އަސަރުކުރާ ކަމެކެވެ. ސްކޫލަކީ ހަމައެކަނި ފޮތުން ކިޔަވާ ތަނެއް ނޫނެވެ. އެއީ ކުދިން އެކަކު އަނެކަކާ މުއާމަލާތްކޮށް، އިޖުތިމާއީ ހުނަރުތައް ދަސްކޮށް، އެކުގައި ބޮޑުވާންޖެހޭ ތަނެކެވެ. އެކަކު އަނެކަކާ ވާހަކަދެއްކުމުގެ ބަދަލުގައި އެކަނި އިނދެ ސްކްރީނަށް ބެލުމަކީ އުނގެނުމުގެ ހަޤީޤީ މަޤްސަދާ ޚިލާފު ކަމެކެވެ.
މީގެ މާނައަކީ ތައުލީމުގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ނުވާނެއެކޭ ނޫނެވެ. ރަނގަޅު އުސޫލުތަކަކާއި ކޮންޓްރޯލެއްގެ ދަށުން ޓެކްނޮލޮޖީގެ ބޭނުންކޮށްފިނަމަ އެއީ އަގުހުރި ވަސީލަތެކެވެ. ނަމަވެސް، ހަރުދަނާ ގައިޑްލައިންތަކެއް ނެތި މިފަދަ ޑިވައިސްތައް ގެންގުޅެން ހުއްދަދިނުމަކީ ފައިދާއަށްވުރެ ގެއްލުން ބޮޑު ކަމެކެވެ. މާލޭގެ ބައެއް ޕްރައިވެޓް ސްކޫލްތަކުން މިއަށްވުރެ ބެލެންސް ގޮތެއް މިކަންކަމަށް ގެންގުޅެން ޖެހެއެވެ. ކްލާސް ގަޑިތަކުގައި ޑިވައިސް ބޭނުންކުރުން ހަނިކޮށް، ސަޤާފީ އުނގެނުމުގެ އުސޫލުތަކަށް އިސްކަންދިނުން މުހިންމެވެ.
ތަޢުލީމަކީ އަދަބުވެރިކަމާއި، ސަމާލުކަމާއި، ހަޤީޤީ ވިސްނުން ބިނާކޮށްދޭ ވަސީލަތެވެ. އަޅުގަނޑުމެންގެ ސްކޫލްތަކުގައި އިލެކްޓްރިކް އާލާތްތައް ބޭނުންކުރާ ގޮތާ މެދު އަލުން ފުންކޮށް ވިސްނަންވީ ވަގުތު މިވަނީ ޖެހިފައެވެ. ނޫންނަމަ، އަޅުގަނޑުމެންނަށް ފެންނާނީ އަމިއްލަ ދުނިޔެއަށް ގެއްލިފައިވާ، އިޖުތިމާއީ ގުޅުންތަކަށް ބީރަށްޓެހި، އަދި ތައުލީމީ ގޮތުން ފަހަތަށް ގޮސްފައިވާ ޖީލެކެވެ.

ކިޔުންތެރިންގެ ހިޔާލު