ރައްޔިތުންގެ ބާރުތައް ނިގުޅައިގަނެ ގައުމު އަޅުވެތިކަމަކަށް ގެންދިއުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ ވިލިނގިލީ ދާއިރާގެ ކުރީގެ މެންބަރު ސަޢުދު ޙުސައިން ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
މީސްމީޑިއާގައި ސަޢުދު ވިދާޅުވީ، ރާއްޖޭގެ އާ ޤާނޫނު އަސާސީއަކީ ތިން ބާރު ވަކިކޮށް، ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތައް ބަޔާންކޮށް، ރައްޔިތުންގެ އަސާސީ ޙައްޤުތައް ކަށަވަރުކޮށްދީފައިވާ ފުރިހަމަ ޤާނޫނު އަސާސީއެއް ކަމަށެވެ. މިއީ ދައުލަތް ޖަވާބުދާރީ ކުރެވޭނެ ގޮތްތައް ކަނޑައަޅައި، ދައުލަތުގެ ބާރުވެރިކަން ރައްޔިތުންނަށް ދީފައިވާ ފަހުގެ ފެހި ޤާނޫނު އަސާސީއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، މި ޤާނޫނު އަސާސީގެ ދަށުން ޚުދުމުޚްތާރު، މަކަރުވެރި މީހަކު އޮޅުމަކުންވެސް ވެރިކަމަށް އިސްކޮށް، ރައްޔިތުންގެ މަޖިލީހާއި ކައުންސިލްތަކުގެ އަޣުލަބިއްޔަތު އެފަދަ ވެރިއަކު ބޭނުންވާ ބަޔަކަށް ދީފިނަމަ، ރައްޔިތުން ވާނީ އެވެރިއެއްގެ އަޅުންނަށް ކަމަށް ސަޢުދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެފަދަ ވެރިއަކު އެންމެ އިސްކަމެއް ދޭނީ ޤާނޫނު އަސާސީގައިވާ ރައްޔިތުންގެ ބާރުތައް އަމިއްލަ އަތްމައްޗަށް ނަގައި، ދައުލަތުގެ މިނިވަން ތިން ބާރު އަޅުވެތި ކުރުމަށް ކަމަށެވެ.
"ޤާނޫނު އަސާސީ އެފުށް މިފުށަށް ޖަހައި، މުޅި ދައުލަތާއި ގައުމު ރަސްކަމެއް ފަދަ ދައުލަތަކަށް ބަދަލު ކުރުމަށް އެފަދަ ވެރިން މަސައްކަތް ކުރާނެ. މިއަދު ދިވެހިން ތަޖުރިބާ ކުރަމުން މިދަނީ އޭގެ ސިލްސިލާ އެޕިސޯޑްތަކެއް." ސަޢުދު ވިދާޅުވިއެވެ.
ހަމައެއާއެކު ސަޢުދު ވިދާޅުވީ، މިއަދު ރައްޔިތުންގެ މަޖިލިސް ވަނީ ވަކި ޕާޓީއެއްގެ ގޮތްޕަކަށް ބަދަލުވެފައި ކަމަށެވެ. އަދި ރިޔާސީ އިންތިޚާބާއި ޕާލަމެންޓް އިންތިޚާބު އެއްކޮށް ބޭއްވުމަށް ކުރާ މަސައްކަތަކީ ރައްޔިތުންނަށް ވާނުވާ ނޭންގޭ ގޮތަށް ބައިތިއްބައިގެން ކުރާ ނުރައްކާތެރި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ޚާއްޞަގޮތެއްގައި ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ވެރިމީހާ ތާއީދުކުރާ ކެންޑިޑޭޓުންނަކީ "ދޫނިތަކެއް" ކަމަށް ސިފަކުރައްވައި، އެ ދޫނިތަކަށް ވޯޓު ނުދިނުމަށް ސަޢުދު ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ. އަދި ގައުމު ސަލާމަތް ކުރުމަށް ލިބޭ މި ފުރުސަތުގައި ބިރު ފަހަނައަޅައި ތެދުވެ، ވޯޓު ކަރުދާހުގައި ފާޅުގައި "ދޫނިތަކަށް" ނޫނެކޭ ބުނުމަށާއި، ޤާބިލު ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
މީގެ އިތުރުން، ފެންނަ ނުފެންނަ ވޯޓުގައި ކެރިގެން "ނުފެންނަ" ކަމަށް ވޯޓު ދީގެން ދައުލަތް ސަލާމަތް ކުރުމަށް އަވަސްވެގަތުމަށްވެސް ސަޢުދު ވަނީ ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު