ރައްޔިތުންގެ މަޖިލީހުގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބަރުލަމާނީ މަޝްވަރާއަށް ވަޑައިގެންނެވިއިރު އެ ޕާޓީ ޖަގަހައިގައި އެއްވެސް މެމްބަރަކު ނެތްކަން ހާމަވެއްޖެއެެވެ.

އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ކޮންގުރެސްއަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވެެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ގަރާރެއް ހުށައަޅުއްވާފައެވެ. ރައީސް ނަޝީދު ހުށައެޅުއްވި އެގަރާރަށް ތާއިދު ހޯދުމުގެ ގޮތުން އެމްޑީޕީގެ ޖަގަހައިގައި އެޕާޓީގެ މެމްބަރުންނާއިއެކު ސިލްސިލާ ބަައްދަލުވުންތަކެއް އަންނަނީ ބާއްވަވަމުންނެެވެ.

އެގޮތުން ކޮންމެ ރެއަކު 21:00 ގައި ފަށާ ބައްދަލުވުމަށް ރައީސް ނަޝީދު މިރޭ ވަޑައިގެންނެވިއިރު އެމްޑީޕީގެ ހަރުގޭގައި ތިބީ އެމަނިކުފާނުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިން އެކަންޏެެވެ. ބަރުލަމާނީ މަޝްވަރާތައް ފަށަން ހަމަޖެހިފައިވާ ގަޑި ޖެހުނުއިރު ވެސް ޕާޓީގެ ޖަގަހައަށް އެއްވެސް މެމްބަރަކު ހާޒިރުނުވުމުން އެމްޑީޕީގެ ގިނަ މެމްބަރުންގެ ތާއިދު އެގަރާރަށް ނެތްކަން ވަނީ ހާމަވެފައެވެ.



އާންމުވެފަައިވާ ވީޑިއޯއިން ފެންނަގޮތުގައި ރައީސް ނަޝީދު ވަނީ މަގުމަތިން ދިޔަ ބަޔަކާ ވާހަކަ ދައްކަވައިގެން އެމީހުން ޖަގަހައަށް ވައްދަން މަސައްކަތް ކުރަށްވާފައެވެ. އޭގެފަހުން މަދު ބަޔަކާއި އެކު ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޖަގަހައިގައި ބަރުލަމާނީ މަޝްވަރާ ކުރިއަށް ގެންދަވާފައެެވެ.

ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ހުށައެޅުއްވި ގަރާރަށް ޕާޓީގެ މެމްބަރުންގެ ފިނި ތަރުހީބެއް ލިބިފައިވާއިރު ދާދިފަހުން އެޕާޓީގެ އިސްލީޑަރު އަދި ރައީސް ސާލިޙު ވަނީ އެ ގަރާރަށް ތާއިދު ނުކުރަށްވާކަން ހާމަކުރަށްވައި އެ ގަރާރު އަނބުރާ ގެންދަވަން އަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން