އެމްޑީޕީގެ ކޮންގުރެސްގައި ކުރަންވީ ކަންކަން އެޕާޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެދެއްވައިފިއެެވެ.

އެމްޑީޕީގެ ކޮންގުރެސް އަންނަ ހުކުރު ދުވަހު ބޭއްވުމަށް އެޕާޓީން ވަނީ ނިންމާފައެވެ. އެ ކޮންގްރެސްއަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ގަރާރެއް ހުށައަޅުއްވާފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީ އުފެއްދުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންފައިވާ އެޕާޓީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް ވިދާޅުވީ ގާނޫނު އަސާސީއާއި ދައުލަތް ހިންގުމުގެ ނިޒާމަކީ ވަކި ޕާޓީއެއް ބޭނުންވާ ގޮތަށް ބައްޓަން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ހުރިހާ ރައްޔިތުން ޝާމިލްވާ ކަމެއް ކަމަށް އިބްރާ ވިދާޅުވިއެވެ.



ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަމާއި މާލޭގެ މެމްބަރުކަން ވެސް ކުރެއްވި އިބްރާ ވިދާޅުވީ އެމްޑީޕީގެ ކޮންގުރެސްގައި ކުރަންވީ ކަމަކީ އެޕާޓީ ހަރުދަނާ ކުރުން ކަމަށެވެ.

"އެމްޑީޕީގެ ކޮންގުރެސްގައި ކުރަންވީ ކަމަކީ ގާނޫނު އަސާސީގައި ހުރި އުނިކަމެއް ފާހަަގަކޮށް އެކަން އިސްލާހު ކުރާނެ ގޮތް ހޯދުން،" އާ ގާނޫނު އަސާސީ ޑްރާފްޓް ކުރި ކޮމެޓީގެ މުގައްރިރު ކަންވެސް ކުރެއްވި އިބްރާ ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަައެޅުއްވި ގަރާރު އަނބުރާ ގެންދަން އެޕާޓީގެ އެންމެ އިސް ލީޑަރު އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު މިހާރު ވަނީ އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން