ރާއްޖެ އޮތީ އިސްލާހީ މަސައްކަތްތަކަށް ބޭނުންޖެހިފައި ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިހެން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ގައުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭކަމަށް ބުނެ އެކަމުގެ ބަހުސް ފެށިފައިވާ ދަނޑިވަޅެއްގައެެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ ރާއްޖެ މިއޮތީ އިސްލާހީ މަސައްކަތްތަކަށް ބޭނުންޖެހިފައި ކަމަށެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދު ހެއުގޮތުގައި ބޭނުންހިފޭނެ ގޮތް ހަދަންޖެހޭ ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. މީގެ އިތުރުން ނަސަބަށް ބެލުމެއް ނެތި ތައުލީމީ ދަރިންނަށް ދައުލަތުގެ ތެެރެއިން ޖާގަ ހޯދަައިދޭންޖެހޭ ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.



"ގައުމުގެ އިޖްތިމާއީ ފޭރާން އަލުން އިއާދަކޮށް ޒުވާން ޖީލަށް ފުރުސަތު ލިބޭނެ މަގު ހޯދަން ޖެހިފައި،" ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ފުރަތަމަ ޗާންސެލަރު ޑރ. ޝަހީމް ވިދާޅުވިއެވެ.

ގައުމަށް ބޮޑެތި ބަދަލު ތަކެއް ގެންނަންޖެހޭ ކަމަށް ޑރ. ޝަހީމް ވިދާޅުވެފައިވާއިރު ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރު ގަައުމު ހިންގާގޮތަށް ހެދުމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ވަނީ ގަރާރެއް ހުށައަޅާފައެެވެ. އެ ގަރާރުގައި ގާނޫނު އަސާސީ އަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ގަރާރު ހުށައެޅުއްވި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހުށައަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން