ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓެއްގައި ގައިގޯޅިކޮށް އުޅުނު ދެ ބިދޭސީ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ދެ ފިރިހެނަކު ހިޔާ ފުލެޓެއް ތެރޭ ބޭރަށް ފެންނަ ގޮތަށް އެއްޖިންސުން ގުޅުން ހިންގަން ތިބިކަމަށް ބުނެ ވީޑިއޯއެއް މިއަދުވަނީ މީޑިސްމީޑިއާގައި ދައުރުކުރަން ފަށާފައެވެ.

އެކަމާއި ގުޅިގެން ފުލުހުން ދެންމެ ބުނީ، ހިޔާ ޓަވަރެއްގައި ފިރިހެނުންތަކެއް ގައިގޯޅިވާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެމައްސަ ބަލަންފަށާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި ބިދޭސީ ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-4

މޯކުޅިބޭ

26-Feb-2023

ބަންގްލަދޭޝް މީހުންނަޚިވެސް ފކުޅީގައި އަރާތިބި ބަޔެއް. މިރާއްޖޭގައިވެސް އެބައުޅޭ އޭގެ ބައިގަނޑެއް. މިތަނަށް ކޯފާއެއް ނުފޮނުވަނީސް މިކަން ހުއްޓުވަން ވެއްޖެ. ކޫޅިކުޅޭ މީހުން ޑީޕޯޓްކުރަންވީ.އޭރުން ކޫޅިގެ މީހުން މިތަނަށް އަންނަ ބިރުގަންނާނެ.



ޓްރެންޑިން