ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން
ރާއްޖޭގެ ވެރިކަމުގެ ނިޒާމަކަށް މިވަގުތު އެންމެ އެކަށީގެންވަނީ ރިޔާސީ ނިޒާމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ވިދާޅުވެއްޖެއެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ މައްސަލަ އެމްޑީޕީގެ ކޮންގްރެސްއަށް ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވުމާއި ގުޅިގެން ސިޔާސީ އެކި ބޭފުޅުން ގެންދަވަނީ އެކަމާމެދު ދެކިވަޑައިގަންނަވާ ގޮތް ހާމަ ކުރައްވަމުންނެވެ. އެގޮތުން، ރައީސް ޞާލިޙްގެ ވިސްނުންފުޅުގައި މިވަގުތު ރާއްޖެއަށް އެންމެ ރަނގަޅުވާނީ ރިޔާސީ ނިޒާމެއްކަން އެމަނިކުފާނު ވަނީ ހާމަ ކުރައްވާފައެވެ.

މިކަމާއި ގުޅިގެން ހިސާން މިއަދު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު، ބޭރުގެ އެކި ބާރުތަކަށް ބަރޯސާވާއިރު، މި ދަނޑިވަޅުގައި ރާއްޖޭގެ ހަމަޖެހުމާއި ތަރައްގީއަށް ރިއާޔަތް ކޮށްގެން ގައުމުގެ މިސްރާބު ކަނޑައެޅުން މުހިންމު ކަމަށެވެ. އެހެންކަމުން މިފަދަ ހާލަތެއްގައި ރާއްޖެފަދަ ތަރައްގީވަމުން އަންނަ ގައުމަކަށް ސިޔާސީ ހަމަޖެހުމާއި ރައްޔިތުން އެދޭ ތަރައްގީ ގެނެވޭނީ ރިޔާސީ ނިޒާމަކުން ކަމަށް ވެސް ހިސާން ވަނީ ވިދާޅުވެފައެވެ.

މި ދަނޑިވަޅުގައި ރާއްޖެއަށް އެންމެ އެކަށީގެންވާނީ ރިޔާސީ ނިޒާމެއްކަމަށް ހިސާން ވިދާޅުވެފައިވާއިރު، ސަރުކާރުގެ ވަޒީރުންނާއި ސަރުކާރަށް ތާއީދު ކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ގިނަ ބަޔަކު ވެސް ދަނީ މިފަދައިން ބުނަމުންނެވެ.

ނަމަވެސް، ރައީސް ނަޝީދު ގެންދަވަނީ ބަރުލަމާނީ ނިޒާމް ރާއްޖެއަށް ގެނައުމަށް ހާމަކަން ބޮޑުގޮތެއްގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން އަންދާޒާކުރާ ގޮތުގައި ނިޒާމުގެ ވޯޓެއް މި ދަނޑިވަޅުގައި ނަގާނަމަ 100 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން