އަހުމަދު ޝާހް   17 އޯގަސްޓު 2022 - 17:19
ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މުޅި މާލެއިން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނީ ދިމާވި މައްސަލައެއްގެ ސަބަބުން މާލެއާއި ހުޅުމާލޭގެ ބަޔަކުން ވެސް ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށެވެ.

ކަރަންޓު ކެނޑުނީ ކޮން ސަބަބަކާ ގުޅިގެންކަން އަދި ސާފުނުވާ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

މި މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށާއި، ދިމާވާނެ ދަތިތަކަށް މާފަށް އެދޭކަމަށްވެސް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން