މިދިޔަމަހު ރާއްޖެއަށް އިމްޕޯޓުން ލިބުނު އާމްދަނީ އިތުރުވެ، އެކްސްޕޯޓް ދަށަށް ހިނގައްޖެއެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް 2.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރިނަމަވެސް، ނިމުނު ޖުލައިމަހު އެ އަދަދު ވަނީ 4.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއާއެކު މިދިޔަމަހު ވަނީ އިމްޕޯޓުން 316 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު 241 މިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
އިމްޕޯޓް އިތުރުވެ، އޭގެ އާމްދަނީ އިތުރުވިނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު އެކްސްޕޯޓް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު 162 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، މިދިޔަ މަހު އެކްސްޕޯޓް ކުރީ 78 މިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ 52 ޕަސެންޓްގެ ދަށްވުމެކެވެ.
ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓް ކޮށްފައިވަނީ އޮމާން، އިންޑިއާ، ޔޫއޭއީ، ޗައިނާ އަދި ސިންގަޕޫރުންނެވެ.

Monthly Statistics – July 2022
— Maldives Customs (@CustomsMv) August 14, 2022
👉Imports grew by 56% ⬆️when compared to the same period of last year.
👉Exports decreased by 52% ⬇️when compared to the same period of last year.
👉Customs Revenue grew by 31% ⬆️.
🔗https://t.co/jwzwwewqys pic.twitter.com/Wzyai4K3lR
އިމްޕޯޓް އިތުރުވެ، އޭގެ އާމްދަނީ އިތުރުވިނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު އެކްސްޕޯޓް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު 162 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، މިދިޔަ މަހު އެކްސްޕޯޓް ކުރީ 78 މިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ 52 ޕަސެންޓްގެ ދަށްވުމެކެވެ.
ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓް ކޮށްފައިވަނީ އޮމާން، އިންޑިއާ، ޔޫއޭއީ، ޗައިނާ އަދި ސިންގަޕޫރުންނެވެ.
ކިޔުންތެރިންގެ ހިޔާލު