އެފްއޭއެމްގެ ދެވަނަ ޑިވިޒަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި މާދަމާ ނިރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ބުރު ސްޕޯޓްސް ކުލަބް ކުޅޭ މެޗުން މޮޅުވެ ޓީމު ފައިނަލަށް ގެންދަން ތައްޔާރަށް ތިބި ކަމަށާ އެކަމުގައި ސަޕޯޓަރުންގެ ސަޕޯޓް މާދަމާ ވަރަށް މުހިންމުވާނެ ކަމަށް އެ ޓީމްގެ މެނޭޖަރު ޢަލީ އިބްރާހީމް (ކައްޕި) ބުނެފިއެވެ.

މާދަމާގެ މެޗާއި ގުޅޭގޮތުން "ރަސް އޮންލައިން" އަށް މައުލޫމާތު ދެމުން ޢަލީ އިބްރާހިމް ބުނީ، ބުރު ސްޕޯޓްސް ކުލަބަކީ މުބާރާތުގެ މެޗުތަކުން މޮޅު ހޯދާފައިވާ މޮޅު ޓީމެއް ކަމަށާ އެހެންކަމުން އެ ޓީމާއި ދެކޮޅަށް ކުޅުންވާނީ ޗެލެންޖިން ކަމެއްކަމަށެވެ. ނަމަވެސް، ނިއުގެ ކުޅުންތެރިންނާއި ކޯޗް އަދި މެނޭޖްމަންޓް ވެސް ތިބީ މާދަމާގެ މެޗުން މޮޅުވުމަށް ފުރިހަމައަށް ތައްޔާރު ވެގެން ކަމަށް އޭނާ ބުންޏެވެ.

ޢަލީ އިބްރާހީމް ބުނީ، މާދަމާގެ މެޗަށް ނުކުންނައިރު ކުޅުންތެރިން ނުކުންނާނީ އެތައް އަހަރުތަކެއް ވަންދެން ނިއުގެ ސަޕޯޓަރުން ދުށް ހުވަފެނުގައި ކުލަ ޖައްސައިދިނުމަށް ކަމަށާ، ޓީމުގެ ކޯޗާއި އޮފިޝަލުން އަދި ކުޅުންތެރިންނަށް އެކަމުގައި ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

"މާދަމާގެ މެޗަށްވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަންނާނެކަމަށް ޔަގީންކުރަން. އެފްއޭއެމްއިން މިހާރު އަންގާފައި އެބަވޭ، މާދަމާގެ މެޗު ބަލަން އާންމުކޮށް ނިއުގެ ސަޕޯޓަރުންތިބޭ ފަޅީގައި ނުތިބެވޭނެކަމަށް. ނިއުގެ ސަޕޯޓަރުން މާދަމާ ތިބެންޖެހިފައިވަނީ ސަހަރާއާއި ވީފަޅީގަ." ޢަލީ އިބްރާހީމް ބުންޏެވެ.

މާދަމާ ހަވީރު 4:00 ގައި ގަލޮޅު ފުޓްބޯޅަ ދަނޑުގައި ކުޅޭ މި މެޗަކީ ދަރަނިން ސަލާމަތްވެ 3 އަހަރަށްފަހު ފަސްޓްޑިވިޒަނުގައި ކުޅެން ނިއުއިން ކުރަމުން ގެންދާ އުންމީދު ހަގީގަތަކަށް ހެދުމަށް ލިބޭނެ ފަހު ފުރުސަތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން