މިހާރު ފެށިގެން ކުރިއަށްދާ މެރިން އެކްސްޕޯ 2022 ގައި ވިލާ ހަކަތައިގެ ފަރާތުން ޝެލްގެ ގިނަ އުފެއްދުންތަކެއް ދައްކާލައިފިއެވެ.

ވިލާ ހަކަތައިން ބުނީ، އެކްސްޕޯގައި ވިލާ ހަކައިގެ ސްޓޯލް ހާއްސަކޮށްފައި ވަނީ އެ ކުންފުނީގެ ފަރާތުން މާކެޓްކުރާ، ދުނިޔޭ އެއް ނަމްބަރު ލުބްރިކެންޓް ސަޕްލަޔަރު ކަމަށްވާ ޝެލް ބްރޭންޑްގެ އުފެއްދުންތައް ޑިސްޕްލޭ ކުރުމަށް ކަމަށެވެ.

އެގޮތުން، ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ބޭނުންވާ ލުބްރިކެންޓާއި ހައިޑްރޯލިކް ބޭނުންކުރާ އެކި މެޝިނަރީތަކަށް ބޭނުންވާ ލުބްރިކެންޓް އަދި އެފަދަ ވެހިކަލާއި އުޅަނދުގެ ބްރެއްކަށް ބޭނުންވާ ލުބްރިކެންޓް ވެސް މި އެކްސްޕޯގައި ވިލާގެ ފަރާތުން ވަނީ ދައްކާލާފައެވެ.

މި މަހުގެ 11 ވަނަ ދުވަހު ފެށި މޯލްޑިވްސް މެރިން އެކްސްޕޯއަކީ ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބާއްވާ އިވެންޓެކެވެ. މިއީ ސިލްސިލާކޮށް ބާއްވާ މި އެކްސްޕޯގެ 7 ވަނަ އެޑިޝަނެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މެރިން އެކްސްޕޯ މިމަހުގެ 13 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން