މޫސުން ގޯސްވެ ވިއްސާރަ ވުމުގެ ސަބަބުން މިއަދު ހަވީރު ކުޅެން ހަމަޖެހިފައި އޮތް އެފްއޭއެމް ދެވަނަ ޑިވިޒަން ފުޓްބޯޅަ މުބާރާތުގައި ނިއުރޭޑިއަންޓާއި މަހިބަދޫ ސްޕޯޓްސް ކުލަބް ބައްދަލުކުރާ މެޗް މިރެއަށް ފަސްކޮަށްފިއެވެ.

ދެވަނަ ޑިވިޝަނުގެ ގުރޫޕް ބީ ގެ މި މެޗް އެންމެ ފުރަތަމަ ތާވަލް ކުރީ މި މަހުގެ އެއްވަނަ ދުވަހުގެ ހަވީރު މާފަންނު ޓާފް ދަނޑުގައި ކުޅޭށެވެ. ނަމަވެސް މޫސުން ގޯސްވެ މަހިބަދޫ ޓީމަށް މާލެ އައުމަށް ދަތިވުމުން އެފްއޭއެމުން ވަނީ އެ މެޗް ކެންސަލްކޮށްފައެވެ.

އެ މެޗް ދެން ތާވަލުކުރީ މިއަދު ހަވީރު ކުޅޭގޮތަށެވެ. ނަމަވެސް މިއަދުވެސް 3:30 ހާއިރުއްސުރެ ފެށިގެން މާލެއަށް ބޯކޮށް ވާރޭ ވެހުމާއި ގުޅިގެން މިއަދު ހަވީރު މެޗް ނުކުޅެ މިރޭ ކުޅޭގޮތަށް އެފްއޭއެމުން ވަނީ ނިންމާފައެވެ.

އެފްއޭއެމުން ބުނެފައިވާ ގޮތުގައި މޫސުން ތަން ދޭ ނަމަ ނިއުރޭޑިއަންޓާއި މަހިބަދޫގެ މެޗު މިރޭ 10 ޖަހާއިރު ގަލޮޅު ދަނޑުގައި ކުޅޭނެއެވެ.

މި މުބާރާތުގައި އެންމެފަހުން އެލްޓީއާއިއެކު ކުޅުނު މެޗުން މޮޅުވެގެން ނިއުއަށް މި ގުރޫޕުގެ އެއްވަނަ ނުވަތަ ދެވަނައިގެ ގޮތުގައި ސެމީގެ ޖާގައެއް ކަށަވަރު ކުރެވުނީހެވެ. ނަމަވެސް، އެލްޓީއާއިއެކު ބައްދަލު ކުރި މެޗުން އެލްޓީއަތުން ބަލިވުމާއެކު، ސެމީގެ ޖާގައެއް ނިއު އަށް ހޯދޭނީ ފަހު މެޗުގައި މިރޭ މަހިބަދޫ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން