ޔޯގާ ހަމަނުޖެހުންތަކާއި ގުޅިގެން ޝައިހް ފަޒްލޫން މުހައްމަދު ހައްޔަރުކޮށް، ބަންދުގައި ބަހައްޓާފައި ހުރީ ރަނގަޅަށްކަމަށް ހައި ކޯޓުން ހުކުމްކޮށްފިއެވެ.
ހައި ކޯޓުން މި ނިންމުން ނިންމާފައި މިވަނީ، ފަޒްލޫން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު ތިން އަމުރެއް އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައެވެ.
ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ފަޒްލޫނާ ދެކޮޅަށް އިންޓެލިޖެންސް ރިޕޯޓްގެ އިތުރުން ވީޑިއޯ ސްނެޕްޝޮޓްތަކާއި ފުލުހުންގެ ބަޔާން ދައުލަތުން ހުށަހަޅާފައިވާ ކަމަށެވެ. އަދި ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ފަޒްލޫނާ ދެކޮޅަށް ހުށަހަޅާފައިވާކަމަށްވެސް ކްރިމިނަލް ކޯޓުގެ އަމުރުތަކުން އެނގެން އޮންނަ ކަމަށް އެ ހުކުމުގައިވެއެވެ.
ހުކުމުގައިވާ ގޮތުން ފަޒްލޫންގެ ބަންދުގެ މުއްދަތު އެކިފަހަރު މަތިން އިތުރު ކުރިއިރު ބަންދުކުރި މައްސަލަ ބަޔާން ކުރުމުގައި ތަފާތުތަކެއް ހުއްޓަސް، އެއީ އާ ތުހުމަތުތަކެއް އުފަންކުރުން ކަމަށް ނުބެލެވެއެވެ. އަދި ފަޒްލޫންގެ ފަރާތުން ފާހަގަކުރި ކަންކަމަށް ބަލާއިރު، ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ހައިކޯޓުގެ ހުކުމްގައިވެއެވެ.
ފަޒްލޫން ބަންދުގައި ބެހެއްޓުމަށްފަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ މިދިޔަ މަހުއެވެ. އޭނާ ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފްކުރިނަމަވެސް، އެ މައްސަލަ އަދި ހައި ކޯޓުން ނުނިންމައެވެ.

ކިޔުންތެރިންގެ ހިޔާލު