މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސައުތު ރީޖަންގެ ނާއިބު ރައީސަކަށް އަހްމަދު ޝަރީފް (ސައިރިކްސް ޝަރީފް) އިންތިހާބު ވެއްޖެއެވެ.
އެ ޕާޓީގެ ހިންގާ ގަވާއިދުގައިވާ ގޮތުގެމަތިން ރާއްޖޭގެ އެކި ދާއިރާތަކަށް ބަހާލައިގެން ޖުމުލަ 6 ނާއިބު ރައީސުން އެ ޕާޓީގައި ތިއްބަވާގޮތަށް، ނާއިބު ރައީސުން އިންތިހާބުކޮށްފައިވަނީ އިއްޔެ ބޭއްވި އެޕާޓީގެ އެތެރޭގެ އިންތިހާބުގައެވެ. އެގޮތުން، ސައުތު ރީޖަންގެ ނާއިބު ރައީސަކަށް ޝަރީފް އިންތިހާބު ވެފައިވާއިރު، އެ މަގާމަށް ވާދަ ކުރައްވާފައިވަނީ ވެސް އޭނާ އެކަންޏެވެ.
އެމްއެންޕީ އުފެއްދުމަށް އެންމެ ފުރަތަމަ ވަގުތީ މަގާމުތަކެއް އެކުލަވާލިއެވެ. އޭރުއްސުރެ މިހާރު ވެސް އެ ރީޖަންގެ ނާއިބު ރައީސަކަށް ހުންނެވީ ޝަރީފެވެ.
ދެން ހުރި ރީޖަންތަކަށް ނާއިބު ރައީސުން އިންތިހާބުވި ގޮތަށް ބަލާއިރު، އަޕަރ ނޯތު ރީޖަންގެ ނާއިބަކީ މުޙައްމަދު ޝިހާބެވެ. ނޯތު ރީޖަންގެ ނާއިބަކީ ޙުސައިން އިސްމާޢީލެވެ. ސެންޓްރަލް ރީޖަންގެ ނާއިބަކީ މިރްފަތު އިސްމާޢީލް ޝަފީޤެވެ. މާލެ ރީޖަންގެ ނާއިބަކީ އެމްޕީ އަޙްމަދު އުޝާމެވެ. އަދި ސައުތު ސެންޓްރަލް ރީޖަންގެ ނާއިބަކީ އެމްޕީ ޢަބްދުﷲ ރިޔާޒެވެ.
އިއްޔެ ބޭއްވި އިންތިހާބުގައި އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލަށް 176 ފަރާތެއް ވަނީ އިންތިހާބު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު