ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުގެ ޔަހޫދީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރި ކޮށްފިއެވެ.
އިސްރާއީލުން ހުކުރު ދުވަހު ޣައްޒާއަށް ހަމަލާތައް ދޭން ފެށީ ޣައްޒާގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދުގެ މުޖާހިދުންނަށް އަމާޒުކޮށެވެ. އަދި އެއަށްފަހު އެ ހަމާލާތަކުގައި ޣައްޒާގެ 31 މީހަކު ވަނީ ޝަހީދު ކޮށްލާފައެވެ.
މިކަމާ ގުޅޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޣައްޒާއަށް އިސްރާއީލުން އެންމެ ފަހުން ދިން އުދުވާނީ ހަމަލާތަކާއި ވައިގެ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އިސްރާއީލުން ހިފާފައިވާ ބިންތަކުގައި، އަންހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް، ހަތިޔާރު ނެތް އާންމުންނާ ދެކޮޅަށް އިސްރާއީލުން އާދަޔާ ޚިލާފަށް ބާރުގެ ބޭނުން ކުރުމަކީ، ދިވެހި ސަރުކާރުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.
ސަރުކާރުގެ ވަނީ، ދިވެހި ސަރުކާރުން އަބަދު ވެސް އޮންނާނީ ފަލަސްތީނުގެ މުސްލިމު އަހުންނާއި އުހުތުންނާއެކު ކަމަށާއި ފަލަސްތީނުގެ މައްސަލައަށް ވަކާލާތުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައާއެކު މަސައްކަތްކުރުމުގައި ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު