ދިވެހިރާއްޖެއާއި އެމެރިކާގެ އަސްކަރިއްޔާ ގުޅިގެން ކައުންޓަރ ޓެރަރިޒަމާއި ގުޅޭ ފަރިތަކުރުންތަކެއް ސެންޓްރަލް އޭރިޔާ އާއި މާލެކައިރީ، ކަނޑުގެ ސަރަހައްދުގައި ފަށައިފިއެވެ.
"ޓެމްޕެސްޓް ވިންޑް 2022" ގެ ނަމުގައި މި ފަރިތަކުރުންތައް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހުގެ 18ގެ ނިއަލަށެވެ. މިއީ މިތަމްރީން ދިވެހިރާއްޖޭގައި ބާއްވާ ހަތަރު ވަނަ ފަހަރެވެ.
މިތަމްރީންތަކުގައި ދިވެހިރާއްޖެއާއި ހަވާއީގެ ކަމާގުޅޭ މުވައްޒަފުން ކައުންޓަރ ޓެރަރިޒަމް (ސީޓީ) ސްޓްރެޓަޖީއަށް ފަރިތަވުމަށް އަމާޒުކޮށް ރޭވިފައިވާ ހާއްސަ ހަރަކާތްތަކުގައި ބައިވެރިވާނެއެވެ. މި ހަރަކާތްތަކުގެ ތެރޭގައި ދެގައުމުގެ ގުޅުން ބަދަހިކޮށް ގާބިލްކަން އިތުރުކުރުމަށް އިސްވެރިންގެ ނިންމުންތައް ނިންމާ ގޮތްތަކާއި ހާލަތްތަކަށް އިޖާބަދިނުމުގެ ރޭވުންތައް ރާވާނެ ގޮތްތަކަށް ތަމްރީން ވާނެއެވެ.
މިތަމްރީންތަކުގެ ސަބަބުން ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަންތަކުގައި ކުއްލި ރޭވުންތައް ރޭވުމުގައާއި ކޯޑިނޭޓްކުރުމުގަ އަދި ހިންގުމުގެ ގާބިލްކަން ދެ ގައުމުގަ ހުރި މިންވަރު ޓެސްޓް ކުރެވި އިސްލާހުކުރަންވީ ކަންކަން ފާހަގަވެގެންދާނެއެވެ. އަދި މީގެ ތެރޭގައި ހިމެނޭ މިޝަން ރިހާސަލްގެ ތެރޭގައި މިފަދަ ހާލަތެއްގައި ދިވެހިރާއްޖެ އާއި އެމެރިކާގެ ސަލާމަތީ ބާރުތަކުގެ ރޭވުންތަކާއި، އަމުރުތައް އަދި މުވާސަލާތީ ގާބިލްކަން ހުރި މިންވަރު ޓެސްޓްކުރުމަށް ކޮމާންޑް ޕޯސްޓް ތަމްރީނެއް ހިމެނޭނެއެވެ.
މި ތަމްރީން ފަރުމާކުރެވިފައިވަނީ ޓެރަރިޒަމްގެ އެކި ހާދިސާތަކަށް އިޖާބަދިނުމުގައި މި ސަރަހައްދުގެ ސަލާމަތީ ބާރުތަކުން ގުޅިގެން މަސައްކަތްކުރުމަށް އެހީތެރިވެވޭނެ ގޮތަށާއި އަދި ކައުންޓަރ ޓެރަރިޒަމްގެ މަސައްކަތްތަކުގައި އެމެރިކާ އަދި ދިވެހިރާއްޖޭގެ ގުޅުން ބަދަހިކުރެވޭނެ ގޮތަށެވެ. "ޓެމްޕެސްޓް ވިންޑް" ފަދަ ހަރަކާތްތަކުގެ ސަބަބުން ސަރަހައްދީ ރައްކާތެރިކަމާއި އަމާންކަން ދެމެހެއްޓުމުގެ ބިންގާ އިތުރަށް ވަރުގަދަވެގެން ދާނެއެވެ.
މިތަމްރީންތަކުގެ ސަބަބުން އެމެރިކާއާއި ރާއްޖެއާ ދެ ގައުމު ގުޅިގެން މިލިޓަރީ ތަފާތު އޮޕަރޭޝަންތަކުގައި ދިމާވާނެ ހާދިސާތަކަށް އިޖާބަދިނުމުގެ ގާބިލްކަން އިތުރުވެގެންދާނެ ކަމަށް ދިވެހިރާޢްޖޭގައި ހުންނަ އެމެރިކާ މިޝަނުން މަޢުލޫމާތުދެއެވެ.
މިތަމްރީންތަކަކީ ޔޫ.އެސް. އިންޑޯ-ޕެސިފިކް ކޮމާންޑްއިން ކުރިޔަށް ގެންދާ އަސްކަރިއްޔާތަކާއި ގުޅުން ބަދަހިކުރުމުގެ ޕްރޮގްރާމްގެ ބައެކެވެ.

ކިޔުންތެރިންގެ ހިޔާލު