މޯލްޑިވްސް ނެޝަނަލް ޕާޓީގެ ޤައުމީ ހިންގާ ކައުންސިލަށް މެމްބަރުން އިންތިހާބުކޮށްފިއެވެ.
އެމްއެންޕީގެ އެެތެރޭގެ އިންތިހާބުގައި ވަނީ 185 މަޤާމަކަށް 196 ފަރާތަކުން ކުރިމަތިލާފައެވެ. އޭގެ ތެރެއިން 180 މަޤާމަކަށް ކުރިމަތިލާފައިވަނީ ކޮންމެ މަޤާމަކަށް 1 މެންބަރުކަމަށްވާތީ އެ މަގާމްތަކަށް ބޭފުޅުން ވަނީ އޮޓެމެޓިކުން އިންތިހާބުވެފައެވެ.
އެމް.އެން.ޕީގެ އިންތިޚާބީ ޤަވާއިދުގެ 17 ވަނަ މާއްދާގައި ވާގޮތުގެ މަތިން، އެއް މަޤާމަކަށް އެންމެ ކެނޑިޑޭޓެއް ކުރިމަތިލާފައިވާނަމަ، އެމެންބަރަކު އެމަޤާމަކަށް ހޮވޭނެއެވެ.
އެމް.އެން.ޕީގެ ޤައުމީ ހިންގާ ކައުންސިލްގެ މަޤާމުތަކުގެ ތެރެއިން އިންތިޚާބު ބޭއްވީ 5 މަޤާމަކަށެވެ. އެއީ ވިމެންސް ވިންގގެ ލީޑަރ، ޔޫތު ވިންގގެ ލީޑަރ، ނޮޅިވަރަމް ދާއިރާ (އަޕަރ ނޯތު ރީޖަން) (ހދ) ރައީސް، ހޮޅުދޫ ދާއިރާ (ނޯތު ރީޖަން) (ނ) ނާއިބު ރައީސް، އަދި ތުޅާދޫ ދާއިރާ (ނޯތު ރީޖަން) (ބ) ރައީސްގެ މަޤާމެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓު ފޮށިތައް ވަނީ އެމް.އެން.ޕީގެ 50 މެންބަރުން ހަމަވާ ރަށްރަށުގައި ބަހައްޓާފައެވެ. އެގޮތުން 54 ރަށެއްގައި ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު