9 މަސް ދުވަހުގެ ލޯބީގެ ގުޅުމަކަށްފަހު ރިއަލިޓީ ޓީވީ ސްޓާ އަދި ވިޔަފާރިވެރިޔާ ކިމް ކާޑޭޝިއަން އާއި ކޮމެޑީ އެކްޓަރު ޕީޓް ޑޭވިޑްސަން ވަކިވެއްޖެއެވެ.

ކިމް އަދި ޕީޓްގެ ގާތް ފަރާތްތަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދެތަރިން ވަކިވެފައިވަނީ އެމީހުންގެ ޑިމާންޑް ބޮޑު ޝެޑިއުލްތަކުގެ ސަބަބުން ގުޅުން ދަމަހައްޓަން އުނދަގޫވެގެން ކަމަށެވެ. އަދި ވަކިވިޔަސް ދެ މީހުންވެސް އެކަކު އަނެކަކަށް ވަރަށް ބޮޑަށް ލޯތްބާއި އިހުތިރާމް ކުރާކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ދެމީހުން ބައްދަލުވީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކިމް "ސަޓަރޑޭ ނައިޓް ލައިވް" ޝޯވް ހޯސްޓްކުރިއިރު އެވެ. އަދި ޖެހިގެން އައި މަހު 28 އަހަރުގެ ޕީޓް ޑޭވިޑްސަން އަދި 41 އަހަރުގެ ކިމް ކާޑޭޝިއަން ލޯބީގެގޮތުން ގުޅިފައިވާކަން މީޑިއާތަކުން ރިޕޯޓުކުރިއެވެ.

ހޮލީވުޑްގެ މަޝްހޫރު ރިއަލިޓީ ޓީވީ ޝޯވް "ކީޕިން އަޕް ވިތު ދަ ކާޑޭޝިއަންސް" ގެ ތަރި ކިމް ޕީޓް އާއި ރައްޓެހިވިއިރު، ލަވަކިޔުންތެރިއާ ކާންޔޭ ވެސްޓާއެކު ކުރި ކައިވެންޏަށް 4 ކުދިން ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން