މިރޭގެ ހާދިސާ ހިނގި ސަރަހައްދު - ފޮޓޯ: ޓްވިޓާ
މިރޭގެ ހާދިސާ ހިނގި ސަރަހައްދު - ފޮޓޯ: ޓްވިޓާ
މާލޭގައިއަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެެވެ.

މާލޭގައި އަންހެނަކު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނިފައި ވަނީ ޗީބޯ ގޯޅި ތެރޭގައި ހުންނަ ހ. ޝީރީންވިލާ ގެއިންނެެވެ.

ފުލުހުން ބުނީ މާލޭގެ ގެޔެެއްގައި ޒަހަމްތަކަކާއި އެކު އަންހެނަކު މަރާލާފައި އޮތް ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން މާލޭގެ ގެއެއްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަދި މި މައްސަލައިގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އަންހެން މީހާ މަރާލަން ހަމަލާދިން މީހާއެވެ.

ފުލުހުންނަށް މިމައްސަލަ ރިޕޯޓް ކޮށްފައިވަނީ މިރޭ 11:30 ހާއިރު އެވެ. މަރާލާފައި އޮތް މީހާގެ ހަށިގަނޑު ފުލުހުން އެގެއިން ނެރެފައި ވަނީ 2:30 ހާއިރު އެވެ.

އަންހެންމީހާގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައިވާއިރު އޭނާގެ ހަށިގަނޑު އަދިވެސް އޮތީ ހާދިސާ ހިނގި ގޭގައެެވެ. ފުލުހުންގެ ސީރިއަސް އެންޑް އޮގައިނައިޒް ކްރައިމް ޑިޕާޓްމަންޓުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު