މާލެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލައިފައި އޮއްވާ ފެނިއްޖެއެވެ.
އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލާފައި އޮއްވާ ފެނުނީ ހެންވޭރު ޗީބޯ ގޯޅި ތެރޭގައި ހުރި ގެއަކުންނެވެ. މަރާލާފައި އޮއްވާ ފެނުނު އަންހެންމީހާ ކަރު އޮތީ އެއްކޮށް ބުރިކޮށްލާފައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ފުލުހުން އަންނަނީ މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ފުލުހުން ބުނީ މާލޭގެ ގެޔެެއްގައި ޒަހަމްތަކަކާއި އެކު އަންހެނަކު މަރާލާފައި އޮތް ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން މާލޭގެ ގެއެއްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އަދި މި މައްސަލައިގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެެއް ނުކުރެއެވެ.
ފުލުުހުން ގެންދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު