މާދަމާއިންފެށިގެން ވައި މަޑުވެ، މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހާމަކޮށްފިއެވެ.
ވޭތުވެ ދިޔަ ދެ ހަފުތާ އަކީ ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި، ގަދަ ވަޔާ އެކު ކަނޑުތައް ގަދަ ދެ ހަފުތާއެެވެ. މެޓް އޮފީހުން މިއަދު ބުނީ މާދަމާ މިއަދަށް ވުރެ މޫސުން ރަނގަޅުވާނެ ކަމަށެވެ. މާދަމާއިން ފެށިގެން މޫސުން އަލިވާން ފަށާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި މާދަމާއިން ފެށިގެން ޖުމްލަކޮށް ވައި މަޑުވެ، ކަނޑުތައް މަޑުވާނެ ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ހުޅަނގު މޫސުން ނިމޭނީ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު