އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސްގެ ދެ އޮފިސަރަކު ސަސްޕެންޑު ކޮށްފިއެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުން ވަޒީފާތަކުން ސަސްޕެންޑް ކުރަމުންދާ ދަނޑިވަޅެއްގައި އެ އަމަލު ހިންގި ކަމުގެ ތުހުމަތު ކަސްޓަމްސްގެ އޮފިސަރުންތަކެއްގެ މައްޗަށް ވެސް އޮތީ ކުރެވިފައެވެ.
މިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން، ކަސްޓަމްސްގެ މީޑިއާ އޮފިޝަލަކު "ރަސް އޮންލައިން" އަށް ވިދާޅުވީ، ފުލުހުން ކުރަމުންދާ ތަހުގީގަކާ ގުޅިގެން، ކަސްޓަމްސްގެ ދެ އޮފިސަރަކު ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މުވައްޒަފުން ސަސްޕެންޑްކުރީ އަލަމްގީރު އާއިއެކު ލިވާތުކުރި މައްސަލާގައި ކަމެއް އަދި ސާފެއް ނުވެއެވެ.
ލިވާތުކުރިކަމުގެ މައްސަލާގައި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ 2 މީހަކާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފަކާ އަދި ހޯމް މިނިސްޓްރީގެ މުވައްޒަފަކު ވެސް ވަނީ ސަސްޕެންޑް ކޮށްފައެވެ.
އެއްޖިންސުން ގުޅުން ހިންގުމުގެ އަމަލުތައް ގިނަބަޔަކު ހިންގަމުންދާކަން ފަޅާއަރަމުންދާ މި ދުވަސްވަރު، ގުރޫޕް ހަދައިގެން އެ އަމަލު ހިންގާ މަންޒަރު ފެންނަކަމަށް ބުނާ ވީޑިއޯއެއްވެސް ދާދިފަހުންވަނީ ލީކު ކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު