ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހިމެނޭ ބަންގްލަދޭޝްގެ އަލަމްގިރް ދައުލަތާއެކު އިއުތިރާފް އެއްބަސްވުމެއް ހެދުމަށް ހުށަހަޅައިފިއެވެ.
މި މައްސަލައިގައި އަލަމްގިރް ހައްޔަރުކޮށްފައިވަނީ މިދިޔަމަހުގެ 12 ވަނަ ދުވަހުއެވެ. އަދި އޭނާގެ ފަރާތުން ފުލުހުންގެ ތަހުގީގަށް ގިނަ މައުލޫމާތުތަކެއް ހޯދާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
"ރަސް އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލަމްގީރު މިހާރު ވަނީ ދައުލަތާ އެކުގައި އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް ހުށަހަޅާފައެވެ. އަދި އެއްބަސްވުން ގާއިމްކުރުމާއި މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ދައުލަތާއެކު އިއުތިރާފް އެއްބަސްވުން ހަދާ ފަރާތްތަކަށް ގާނޫނުގައި ބުނާ އެންމެ ކުޑަ އަދަބެއް ނުވަތަ ލުއި އަދަބަކަށް ދައުލަތުން ކޯޓުގައި އެދެވޭނެއެވެ.
އަލަމްގީރުގެ އިތުރުން އޭނާއާއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި އިތުރު ބަޔަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ސިޔާސި މީހުންނާއި ފުލުހެއްވެސް ހިމެނެއެވެ. އަދި މިމައްސަލައާ ގުޅިގެން ޓީޗަރުންތަކެއްވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު