ފަލަސްތީނުގެ ގާޒާގެ ރައްޔިތުންގެ ސަލާމަތަށްޓަކައި ދުއާކުރަންޖެހޭކަމަށް ކުރީގެ އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ދީނީ ޢިލްމުވެރިޔާ ޝަހީމް މިހެން ވިދާޅުވެފައި މިވަނީ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން ގާޒާއަށް ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުގައި ބައެއް މީހުންގެ ގެތައް ސުންނާފަތިވެ، އެތައް ބަޔަކު މަރުވެފައިވާ ދަނޑިވަޅެއްގައެވެ.
ޝަހީމް ވިދާޅުވީ ފަލަޞްޠީނުގެ ލޮބުވެތި އަޚުންނާއި އުޚުތުންނާ ދެކޮޅަށް އިޒްރޭލުގެ ޢަސްކަރިއްޔާ އިން ހިންގަމުންދާ ޢުދުވާނީ ޙަމަލާތައް ކުށްވެރިކުރާކަމަށެވެ. އަދި ފަލަޞްޠީނުގެ ގާޒާގެ ރައްޔިތުންގެ ސަލާމަތަށްޓަކައި ހެޔޮ ދުޢާކޮށް ދިނުމަށް އެންމެހާ އަޚުންނާއި އުޚުތުންގެ އަރިހުން އެދޭކަމަށް ޝަހީމް ވިދާޅުވިއެވެ.
ރިޕޯޓްތައް ބުނާގޮތުން، ޔަހޫދީންގެ ވަރުގަދަ ހަމަލާތަކުގައި އިއްޔެ ޝަހީދުވި މީހުންގެ ތެރޭގައި ފަސް އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނެއެވެ. އަދި އިތުރު 40 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމުގައި ޣައްޒާގެ ސިއްހަތާ ބެހޭ އޮފިޝަލުން ވަނީ ބުނެފައެވެ.
ދުވަސްތަކަކަށްފަހު އިސްރާއީލުގެ ހަމަލާތައް ވަރުގަދަ ކޮށްފައިވާއިރު، ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންގެ ތެރޭގައި އިސްލާމިކް ޖިހާދުގެ އިސް ލީޑަރެއް ކަމުގައިވާ ތައިސީރު އަލްޖާބަރީ ވެސް ހިމެނެއެވެ.
އޮގަސްޓު 1 ވަނަ ދުވަހު ޔަހޫދީންގެ ސިފައިން ހުޅަނގު އައްސޭރީގެ ޖެނިންއަށް އަރައި ހިންގި ޢުދުވާނެއްގައި އިސްލާމިކް ޖިހާދު ޖަމާއަތުގެ އިސްވެރިއެއް ކަމުގައިވާ ބައްސާމް އަލްސާދީ ވަނީ ހައްޔަރު ކޮށްފައެވެ. އެއާއިއެކު މީގެ ހަތަރު ދުވަސް ކުރިން ޔަހޫދީންގެ ސިފައިން ވަނީ ޣައްޒާއަށް ވަދެނިކުމެ ވާން އޮތް ހުރިހާ މަގެއް ބަންދުކޮށްފައެވެ.

ފަލަޞްޠީނުގެ ލޮބުވެތި އަޚުންނާއި އުޚުތުންނާ ދެކޮޅަށް އިޒްރޭލުގެ ޢަސްކަރިއްޔާ އިން ހިންގަމުންދާ ޢުދުވާނީ ޙަމަލާތައް ކުށްވެރިކުރަން. ފަލަޞްޠީނުގެ ޣައްޒާގެ ރައްޔިތުންގެ ސަލާމަތަށްޓަކައި ހެޔޮ ދުޢާކޮށްދިނުމަށް އެންމެހާ އަޚުންނާއި އުޚުތުންގެ އަރިހުން އެދެން.
— Mohamed Shaheem Ali Saeed (@Mohamedshaheem1) August 6, 2022
ރިޕޯޓްތައް ބުނާގޮތުން، ޔަހޫދީންގެ ވަރުގަދަ ހަމަލާތަކުގައި އިއްޔެ ޝަހީދުވި މީހުންގެ ތެރޭގައި ފަސް އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނެއެވެ. އަދި އިތުރު 40 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމުގައި ޣައްޒާގެ ސިއްހަތާ ބެހޭ އޮފިޝަލުން ވަނީ ބުނެފައެވެ.
ދުވަސްތަކަކަށްފަހު އިސްރާއީލުގެ ހަމަލާތައް ވަރުގަދަ ކޮށްފައިވާއިރު، ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންގެ ތެރޭގައި އިސްލާމިކް ޖިހާދުގެ އިސް ލީޑަރެއް ކަމުގައިވާ ތައިސީރު އަލްޖާބަރީ ވެސް ހިމެނެއެވެ.
އޮގަސްޓު 1 ވަނަ ދުވަހު ޔަހޫދީންގެ ސިފައިން ހުޅަނގު އައްސޭރީގެ ޖެނިންއަށް އަރައި ހިންގި ޢުދުވާނެއްގައި އިސްލާމިކް ޖިހާދު ޖަމާއަތުގެ އިސްވެރިއެއް ކަމުގައިވާ ބައްސާމް އަލްސާދީ ވަނީ ހައްޔަރު ކޮށްފައެވެ. އެއާއިއެކު މީގެ ހަތަރު ދުވަސް ކުރިން ޔަހޫދީންގެ ސިފައިން ވަނީ ޣައްޒާއަށް ވަދެނިކުމެ ވާން އޮތް ހުރިހާ މަގެއް ބަންދުކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު