ޝައިހު އާދަމް ނިޝާންގެ ބަންދު ދަމަހައްޓަން ހައި ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފިއެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި ޔޯގާ ހަރަކާތަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގަން ރޭވުމުގައި އިސް ދައުރެއް އަދާކުރި ކަމަށް ތުހުމަތުކޮށް އާދަމް ނިޝާން ހައްޔަރުކުރީ ޖޫން 22 ވަނަ ދުވަހުގައެވެ. އަދި އޭގެފަހުން ކޮންމެ ފަހަރަކަުވެސް އޭނާގެ ބަންދުގެ މުއްދަތު ކޯޓުން ދިޔައީ އިތުރުކުރަމުންނެވެ.
ކޯޓުން ބަންދުގެ މުއްދަތު އިތުރުކުރަމުންދާތީ ނިޝާންގެ ފަރާތުން އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވެސް ވަނީ އެ ބަންދު ދަމަހައްޓާއެވެ.
ނިޝާންގެ ވަކީލުންގެ ޓީމުން ވިދާޅުވީ ހައި ކޯޓުގެ ނިންމުމުގައި ވަރަށް ބޮޑެތި ގާނޫނީ ގޯސްތަކެއް ފާހަގަވާޮަމަށެވެ. އެހެންކަމުން އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ތައްޔާރުވަމުންދާކަމަށް ނިޝާންގެ ވަކީލުން ވިދާޅުވިއެވެ.
ހައިކޯޓުގައި އިސްތިއުނާފްކުރި މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ދެން ތިއްބެވީ ހައިކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި، ފަނޑިޔާރު ހުސައިން ޝަހީދެވެ. ކްރިމިނަލް ކޯޓުގެ އަމުރު ދެމެހެއްޓީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލާފައިވާއިރު އޭގެތެރެއިން އަދިވެސް ގިނަ ބަޔަކު ތިބީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު