އިންޓަނޭޝަނަލް ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސްއަޅާ ހަމަނުޖެހުން ހިންގި މައްސަލާގައި އިތުރު ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކޮށްފައިވަނީ އޮގަސްޓް 2 އަދި 3 ވަނަ ދުވަހު، ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭގެތެރެއިން އެކަކަށް ހަތް ދުވަސް އަދި އަނެއް މީހާއަށް 30 ދުވަހުގެ މުއްދަތެއް ޖަހައިދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

އެ ދުވަހުގެ ހަމަނުޖެހުމާއި ގުޅިގެން އެކިފަހަރުމަތިން ހައްޔަރުކުރި މީހުންގެ އަދަދު މިހާރުވަނީ 23 އަށް އަރާފައެވެ. ނަމަވެސް، އޭގެ ތެރެއިން ބައެއް މީހުން ޝަރުތުތަކާއެކު ވަނީ ދޫކޮށްލާފައެވެ.

ފުލުހުން ބުނީ، މީހުން ހައްޔަރުކުރަނީ ޔޯގާ ހަރަކާތް ކުރިއަށްދިޔައިރު ދައުލަތުން ހިމާޔަތްދޭންޖެހޭ ބަޔަކު ތިބި ތަނަކަށްވަދެ ހަމަނުޖެހުން ހިންގައި ބިރުދެއްކުމާއި އަނިޔާކުރުމާއި މުދަލަށް ގެއްލުންދިނުމުގެ މައްސަލައިގައިކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު