މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސްޕޯކްސްޕާސަނަކަށް ސިދާތާ ޝަރީފް ހަމަޖައްސައިފިއެވެ.
މި ސަރުކާރުގެ މިނިސްޓަރުކަން ވެސް ކުރެއްވި ސިދާތާ އެ މަގާމަށް އައްޔަންކޮށްފައިވަނީ، ކުރިން އެ މަގާމުގައިހުރި އަސްރާ އަޙްމަދު ރާއްޖޭން ބޭރުގައި ކިޔެވުން ކުރިއަށްގެންދަން ޖެހިގެން އެ މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެނެވެ.
ސިދާތާ އެ މަގާމަށް ހަމަޖެއްސުމާ ގުޅިގެން އޭނާ ތައާރަފު ކުރުމަށް ޕާޓީގެ އޮފީހުގައި މިއަދުވަނީ ކުޑަ ހަރަކާތެއް ބާއްވާފައެވެ. މިހަރަކާތުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމް ވިދާޅުވީ އެމްއެންޕީ އުފެދުނީ ޤައުމީ ފިކުރުގެ ގޮތުގައި ކަމަށެވެ. އަދި ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް ގިރާ ކުރެވިފައިނުވާ، ވަރަށް ކާމިޔާބު ހަރުފަތްތަކެއް އެމްއެންޕީން ގިރާކޮށްފިކަމަށާ، ކުރިޔަށް އޮތް ތަނުގައި ޕާޓީން ކުރަންހުރި ބޮޑެތި މަސައްކަތްތަކުގައި ޕާޓީގެ އައު ސްޕޯކްސްޕަރސަން ޝިދާތާގެ ހިއްސާ ބޮޑުވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
މިއަދު ބޭއްވި ހަރަކާތުގައި ޝިދާތާ ވިދާޅުވީ ރާއްޖޭގައި ސިޔާސީ ގޮތުން ނެގި ބޮޑެތި ބިޔަ ރާޅުތަކުގެ ތެރޭގައި މިތިބީ ފަތާފައި ކަމަށާއި، ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައިވެސް ޤާނޫނު ނަގަހައްޓާ، ރައްޔިތުންގެ ހައްގުގައި އަޑު އުފުލާފައި ވާނޭކަމަށެވެ. އަދި މިއަދު ކުރިޔަށް ފިޔަވަޅު އަޅަމުން މިދަނީ އެތަޖުރިބާތަކުގެ އަލީގައި ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ސިތާދާ އެމްއެންޕީއާ ގުޅުނީ އަދާލަތު ޕާޓީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވުމަށްފަހުއެވެ. އަދި ޝިދާތާއަކީ މިސަރުކާރު ގެނައުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު