ސްކޫލްތަކުގެ ބޮޑު ބަންދުގެ ގޮތުގައި ކޮންމެ އަހަރަކު އަންނަ ބޮޑު ޗުއްޓީ، އަނެއްކާވެސް އަހަރުގެ ފަހުކޮޅަށް ބަދަލު ކުރުމުގައި ދަތިތަކެއް އެބަހުރިކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ބޮޑު ޗުއްޓީ ޖުލައި މަސްތެރެއަށް ބަދަލުވުމުން ގިނަ ބަޔަކަށް އޭގެ ދަތި ކުރިމަތިވަމުން ދާކަން ރަސްމީކޮށް މިނިސްޓްރީއަށް ހުށަހަޅާފައި ނުވާކަމަށެވެ. ނަމަވެސް، މީސްމީޑިއާއިން އެފަދަ ޝަކުވާތައް ފެންނަމުން ދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން އެ ކަންކަމަކީ މިނިސްޓްރީން ވިސްނާނެ ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ސްކޫލް ޗުއްޓީ އެހެން ދުވަސްވަރަކަށް ބަދަލުކުރާނަމަ، ދިރާސީ އާ އަހަރު ކުރުކޮށް، ނުވަތަ ދިގުކުރަން ޖެހޭނެ ކަމަށެވެ. އަދި އަލުން އެފަދަ ބަދަލެއް ގެނެސްފިނަމަ ދަރިވަރުންނަށް އޭގެ އަސަރުކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެއީ މިހާރު އަޅުގަނޑުމެން އަނެއްކާ ބަދަލުކޮށްފިއްޔާ ޖެހޭނީ އެކެޑެމިކް އިޔާ ޝޯޓްކޮށްލަން، ނޫނީ އަނެއްކާ ދިގުކުރަން. ޝޯޓްކޮށްލައިފިއްޔާ ހަ މަސް އެ ކުދިންގެ ކިޔެވުމުން ގެއްލޭ." އައިޝަތު ޢަލީ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެކަން އެހެން އޮތްނަމަވެސް، ޖުލައި މަހު ސްކޫލް ޗުއްޓީ ދިނުމާއި އާންމުންގެ ގިނަ ބަޔަކު ދެކޮޅުހަދާ ނަމަ، ޗުއްޓީ ދުވަސްވަރު ބަދަލުކުރެވިދާނެ ކަމަށެވެ. ނަމަވެސް އެއީ ކުރަން އެހާ ފަސޭހަވާނެ ކަމެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކުރިން ރާއްޖޭގައި ސްކޫލު ބޮޑު ޗުއްޓީ ދެނީ ނޮވެންބަރު މަހު ފަހުކޮޅު ނުވަތަ ޑިސެމްބަރު ކުރީކޮޅެވެ. އެހެންކަމުން ދިރާސީ އާ އަހަރަށް ސްކޫލުތައް ހުޅުވޭނީ ޖެނުއަރީ މަހުގެ ކުރީކޮޅެވެ. ޒަމާނުއްސުރެ އޮތް އެ އުސޫލު، އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އަހަރު ބަދަލުކުރީ ކޮވިޑް-19 ގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިއުމަށް ދިމާވި ދަތިތަކާއި ޑިސެމްބަރު މަހަކީ ޓޫރިޒަމްގައި އެންމެ ބުރަ މަހަށް ވެފައި، އެ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބަޔަކަށް އެ ދުވަސްވަރު ޗުއްޓީ ނުލިބޭތީ އެކަންކަމަށް ރިޔާޢަތް ކުރުމަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު