ކުރިން އުޅުނު ސްކޫލް ބަދަލުކުރާ ދަރިވަރުންގެ ސްކޫލް ފޮތްތައް ލިބޭނީ މިދިޔަ އަހަރުގެ ކިޔެވުން ނިންމާލި އިރު އެ ދަރިވަރަކު ހުރި ސްކޫލުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް 3 ދުވަހަށް ވެފައިވަނިކޮށް މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޢަލީ ވިދާޅުވީ، ދިރާސީ އާ އަަހަރުގެ ކިޔެވުން ފެށެން ގާތްވެފައި ވާއިރު، ސްކޫލް ކުދިންގެ ފޮތްތައް މިހާރު ނުލިބި ހުރި ސްކޫލްތަކަށް އާދިއްތަ ދުވަހުގެ ކުރިން ފޮތްތައް ލިބޭނެ ކަމަށެވެ. އަދި އާ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން އަތޮޅުތަކުގެ ސްކޫލްތަކުގައި ކިޔަވަމުން އަންނަ ގިނަ ދަރިވަރުންތަކެއް މާލެ ސަރަހައްދުގެ ސްކޫލްތަކަށް ބަދަލުކޮށްފައިވާއިރު އެ ދަރިވަރުންގެ ފޮތްތައް ލިބޭނީ ކުރިން އެ ދަރިވަރެއް ހުރި ސްކޫލުން ކަމަށާއި، ސްކޫލަށް ދާން ފަށާއިރު އެ ދަރިވަރެއްގެ ފޮތްތައް ނަގައިގެން އާ ސްކޫލަށް ދިއުމަށް ބެލެނިވެރިން ސަމާލުވުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
މިނިސްޓްރީން ބުނީ، މިފަހަރު ފޮތްތައް ޗާޕްކޮށްފައި ވަނީ ތިން ބަޔަކަށް ބަހާލައިގެން ކަމަށާއި އެގޮތުން ބައެއް ފޮތްތަކަކީ މުޅިން އަލަށް ޗާޕްކުރާ ފޮތްތައް ކަމަށާ އޭގެތެރެއިން ބައެއް ފޮތްތަކަކީ އިންޑިއާގެ ކެމްބްރިޖުން ޕްރިންޓް ކުރާ ފޮތްތައް ކަމަށެވެ. އަދި އަނެއްބައި ފޮތްތައް ޗާޕްކުރަނީ މާލެއިން ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ ތެރެއިން ބައެއް ފޮތްތައް ލިޔެ ނިމެންދެން މަޑުކުރަން ޖެހުމުން އެ ފޮތްތައް ޗާޕްކުރުން ލަސްވި ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ނަމަވެސް، މިހާރު ހުރިހާ ފޮތެއް ވެސް ވަނީ ޗާޕްކޮށް ނިމިފައި ކަމަށާއި، މިހާރު އަތޮޅުތަކުގެ ރަށްރަށަށް ވެސް ފޮތްތައް ފޮނުވާފައިވާ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އެގޮތުން ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ހުރިހާ ސްކޫލަތަކަކަށް ވެސް ފޮތްތައް ލިބޭނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
އަހަރުގެ މެދުތެރެއަށް ސްކޫލްތަކުގެ ބޮޑު ޗުއްޓީ އަންނަގޮތަށް ބަދަލުކުރިފަހުން ފެށޭ ފުރަތަމަ ބޮޑުޗުއްޓީ ނިންމައި ދަރިވަރުން ސްކޫލަށް ނުކުންނާނީ މިމަހު 7 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު