ސަރުކާރުގެ އަމާޒަކީ ތިލަމާލެ ބްރިޖްގެ ޚިދުމަތް އެއްވެސް ފީއަކާއި ނުލައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރު ރޭ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާ ޕީއެސްއެމްގައި ރޭ ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވައިދޭ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް"ގެ ޚިދުމަތް އެއްވެސް ފީއަކާއި ނުލައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
މި ސަރުކާރުގެ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުގެ ހިމެނޭ ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތް އަންނަ އަހަރުގެ އޭޕްރީލް ނުވަތަ މެއި މަހު އެއްކޮށް ނިއްމާލެވޭނެ ކަމަށް ސަމީރު ވިދާޅުވިއެވެ. ސަމީރު ވިދާޅުވީ ބްރިޖް މަޝްރޫއާއެކު އިޖްތިމާއީ ގިނަ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަަމަށެވެ. އަދި މާލެ އަކީ ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ތަނެއް ކަަމަށާއި ބްރިޖް މަޝްރޫއުގެ ސަބަބުން ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ސަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން ސަމީރު ވިދާޅުވީ، މިސަރުކާރުން ގެންގުޅޭ ތަރައްގީގެ އާ ވިސްނުންތަކާއެކު ރާއްޖެ ތަރައްގީގެ އާ މިސްރާބަކަށް ގެންދެވޭނީ ރައީސް ސާލިޙުގެ ތަސައްވަރު ހަގީގަތަކަށް ހެދުމަށް އެމަނިކުފާނަށް އިތުރު ފުރުސަތެއް ލިބިގެން ކަމަށެވެ. އަދި ތަރައްގީގެ ވިސްނުންތަކަށް ރައްޔިތުން ވިސްނާނުލައި ކަންކަން ގޯސްމަގުން ދާ ގޮތަށް ބައެއްގެ އަަތްމައްޗަށް ދޫކޮށްލައިފިނަމަ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ނެތި ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ސަމީރު ވިދާޅުވިއެވެ.
"މި ވިސްނުމާއި ފިކުރު ރަނގަޅު ގޮތުގައި ގެންގޮސް ދިވެހިރާއްޖެ މުޅިން އާ މިސްރާބަކަށް ގޮސް ދިވެހިންނަށް ތަރައްގީ ލިބިގެންދާނީ މިދެންނެވި މަގަށް ރައީސް ސާލިޙުގެ މި ތަސައްވަރު ކަންޓިނިއު ކުރެވިގެން. ،އަޅުގަނޑު ދިވެހި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ އެމަނިކުފާނުގެ މަޑުމައިތިރިކަމާއި ކެތްތެރިކަމާއި އެކު މި ދަތި އުދަނގޫ ހާލާތްތަކުގައި މިގެންނެވި ބަދަލުތަކާއެކު ރައްޔިތުން ގަބޫލުކުރާށޭ ދިވެހިރާއްޖެއަށް ހެއު އެދޭ ހުލްގު ހެއު ވެރިއަކު އަޅުގަނޑުމެންނާއެކު ހުރިކަން، ދިވެހި ރައްޔިތުން ކޮވިޑް ހާލަތުގައި ރައީސް ސާލިޙު ހުންނެވުމަކީ ދިވެހިންނަށް ލިބުނު ނަސީބެއް." މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރުކަން ކުރެއްވި ސަމީރު ވިދާޅުވިއެވެ.
ބްރިޖްގެ މަސައްކަތް 2021 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 26 ވަނަ ދުވަހު ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ.
6.74 ކިލޯ މީޓަރު ދިގު މި ލިންކްގެ، ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހެދުން ހިމެނެއެވެ. މި ބްރިޖުން މާލެއާއި ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލާނެއެވެ.
މި މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ލިބުނު 400 މިލިއަން ޑޮލަރުގެ ލޯނަކާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ.

ކިޔުންތެރިންގެ ހިޔާލު