ދ. ކުޑަހުވަދޫން ބަލި މީހުން ގޮވައިގެން މަންޓާ އެއާލައިނުން ދަތުރުނުކޮށްދޭ ކަމަށް ބުނެ އެ އެއާލައިނާ ދެކޮޅަށް އެއާޕޯޓު ކައިރީގައި ބޭއްވި މުޒާހަރާގެ ތެރެއިން ހަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އިދާރާ އިން ބުނީ އެއްވުމާ ގުޅިގެން ހަތަރު ފިރިހެނަކު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަނެއް ދެ މީހުންނަކީ، އެ މީހުން ހައްޔަރުކުރަން އުޅުމުން އެކަމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރީ 27 އަހަރުގެ ދެ މީހަކާއި 28 އަހަރާއި 31 އަހަރުގެ ދެ މީހެއް އަދި 32 އަހަރުގެ މީހެކެވެ.
މުޒާހަރާއާ ގުޅިގެން އިއްޔެ އެރަށަށް ދިޔަ ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގައިފައެވެ.
ކުޑަހުވަދޫ އެއާޕޯޓް ކައިރިއަށް ބަޔަކު އެއްވެ ކުރި މުޒާހަރާގައި ރައްޔިތުން ތެރެއިން ބަޔަކު ވަނީ ފުލުހުންނަށް ގަލުންނާއި ޖޯލިފައްޗަކުން ވެސް ހަމަލާދީފައެވެ.
މިދިޔަ ހޯމަ ދުވަހު ހާޓް އެޓޭކެއް ޖެހުނު ކަމަށް ބުނާ މީހަކު އިތުރު ފަރުވާއަށް މާލެ ގެނެވޭނެ ގޮތެއް ނެތިގެން ފެށި މުޒާހަރާ އާއި ގުޅިގެން މަންތާ އިން މިހާރު ވަނީ ބަލި މީހުން މާލެ ގެންދެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު