އެމްޑަބްލިޔުއެސްސީން ‏ނައިފަރުގައި ކުރިއަށްގެންދިޔަ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމާ ޓެސްޓުކޮށްފިއެވެ.

ހައުސިންގ މިނިސްްޓްރީން ބުނީ އެމްޑަބްލިއުއެސްސީން އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަސައްކަތް ނިންމާ ޓެސްޓު ކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ މަހު 19 އިން 22 އަށްކަމަށެވެ.



‏ނައިފަރުގައި ގާއިމްކުރި ފެނުގެ ނިޒާމުގެ ދަށުން އެ ރަށުގެ 1510 ގެއަކަށް ފެނުގެ ހިދުމަތް ފޯރުކޮށްދެވޭނެއެވެ. އެގޮތުން، ދުވާލަކަށް 100 ޓަނުގެ ފެން އުފައްދާ ދެ RO ޕްލާންޓް އާއި ފެން ރައްކާ ކުރުމަށް 1300 ކިއުބިކް މީޓަރުގެ ޓޭންކެއް ވަނީ ގާއިމުކޮށް ޓެސްޓުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު