މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމް.އެން.ޕީގެ ޤައުމީ ހިންގާ ކައުންސިލްގެ 180 މަޤާމަކަށް އިންތިޚާބަކާ ނުލާ މެންބަރުން ހޮވިއްޖެއެވެ.

އެމްްއެންޕީން ބުނީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި 185 މަޤާމަކަށް 196 ފަރާތަކުން ކުރިމަތިލިކަމަށެވެ. އަދި އޭގެ ތެރެއިން 180 މަޤާމަކަށް ކުރިމަތިލާފައިވަނީ ކޮންމެ މަޤާމަކަށް 1 މެންބަރު ކަމަށެވެ.

އެމްއެންޕީން ބުނީ 180 މަޤާމަކަށް ކުރިމަތިލާފައިވަނީ ކޮންމެ މަޤާމަކަށް 1 މެންބަރު ކަމަށް ވާތީ، އެ 180 މަޤާމަށް ކުރިމަތިލީ މެންބަރުން އިންތިޚާބަކާ ނުލާ ހޮވިފައިފައިވާ ކަމަށެވެ.

އެމް.އެން.ޕީގެ ޤައުމީ ހިންގާ ކައުންސިލްގެ މަޤާމުތަކުގެ ތެރެއިން އިންތިޚާބު ބާއްވަންޖެހެނީ 5 މަޤާމަކަށެވެ. އެ 5 މަޤާމަކީ ވިމެންސް ވިންގގެ ލީޑަރ، ޔޫތު ވިންގގެ ލީޑަރ، ނޮޅިވަރަމް ދާއިރާ (އަޕަރ ނޯތު ރީޖަން) (ހދ) ރައީސް، ހޮޅުދޫ ދާއިރާ (ނޯތު ރީޖަން) (ނ) ނާއިބު ރައީސް، އަދި ތުޅާދޫ ދާއިރާ (ނޯތު ރީޖަން) (ބ) ރައީސްގެ މަޤާމެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވޯޓު ފޮށިތަށް ބެހެއްޓުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޕީގެ 50 މެންބަރުން ހަމަވާ ރަށްރަށުގައެވެ. އެގޮތުން 54 ރަށެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އެޕާޓީން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު