ރެޖިސްޓްރީނުކޮށް ކުނި އުކާލުމަށް ޚިދުމަތް ހޯދާ މައްސަލަ ޙައްލުކުރުމަށް، ކުނީގެ ބިލް ކަރަންޓާއި ފެން ބިލާއެކު ދައްކަން ޖެހޭގޮތަށް އުސޫލަށް ބަދަލުގެނައުމަށް، ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާތައް ފަށާފައިވާކަމަށް ވެމްކޯއިން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖް ވިދާޅުވީ، މާލެ ސަރަޙައްދުގައި ރަޖިސްޓްރީކޮށްގެން ކުނި އުކާލުމުގެ ޚިދުމަތް ހޯދާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާކަމަށެވެ. އެގޮތުން ކޯވިޑްގެ ޙާލަތުގެ ކުރިން 22000 މީހުން ރަޖިސްޓްރީކޮށްގެން ޚިދުމަތް ހޯދިކަަމަށާއި ނަމަވެސް އެއަށްފަހު އެކި ޙާލަތްތަކާ ގުޅިގެން މި އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާކަމަށެވެ.
ވެމްކޯއިން ބުނީ މާލޭގައި ފެނާއި ކަރަންޓުގެ ޔުޓިލިޓީ ޚިދުމަތްތަކަށް ރެޖިސްޓްރީކޮށްފައިވާ ގޭބިސީތަކުގެ އަދަދު 40000އިން މައްޗަށް އަރާއިރު ކުނީގެ ޚިދުމަތަށް ރެޖިސްޓްރިކޮށް މިހާރު ޚިދުމަތް ހޯދަމުންދާ ގޭބިސީތަކުގެ ޢަދަދަކީ 14000 ކަމަށެވެ.
ކުންޏަށް ރަޖިސްޓްރީ ނުކުރާ މައްސަލައާއި ޚިދުމަތަށް ފީ ނުދައްކާ މައްސަލަ ޙައްލުކުރުމަށް ގޮތްތަކެއް ދެނެގަތުމުގެ މަސައްކަތް ވެމްކޯއިން ދަނީ ކުރަމުންނެވެ. އެގޮތުން މީގެ ޙައްލެއްގެ ގޮތުން މިހާރު މަސައްކަތް ކުރަމުންދަނީ ކުނީގެ ޚިދުމަތަށް ބިލް ކުރުން، ޔުޓީލިޓީ ބިލާއެކު ހަމަޖެހޭގޮތަށް ހަދަންކަމަށް ވެމްކޯއިން ބުނެއެވެ.
ކުނީގެ މައްސަލަ ޙައްލުކުރުމަށް ވެމްކޯ އުފައްދައި މާލޭގައި ވަކި އުސޫލަކުން ކުނި އުކާލުމުގެ ޚިދުމަތް ފެށީ 2017 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު