ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ފިލްމީ ދާއިރާއިން ކުރިއަށް ވަޑައިގެންނެވުން މާ ރަނގަޅު ވާނެކަމަށް ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި ފަރިއްކުޅުއްވަން އިންނަވަނިކޮށް ރައީސް ނަޝީދުގެ ފޯނު ޖަހައިގަނެގެން މީހަކު ދުވެ ފިލާފައިވާކަމަށް ބުނެފައިވާ ހަބަރާ ފުޅިގެން މޮސްޓާ މިރޭ ވިދާޅުވީ، ރައީސް ނަޝީދަށް އަސްލު އެ އުޅުއްވެވެނީ ނުބައި ދާއިރާއެއްގައި ކަމަށެވެ. އަދި އެމަނިކުފާނު ފިލްމީ ދާއިރާއިން ކުރިއަށް ވަޑައިގަތުން މާ ރަނގަޅުވާނެކަމަށް ވެސް މޮސްޓާ ވިދާޅުވިއެވެ.

ފޯނު ޖަހައިގެން މައްސަލައިގައި މޮސްޓާ މަޖާޒީ ގޮތެއްގައި ރައީސް ނަޝީދާ މުހާތަބު ކުރަށްވާފައި މިވަނީ އެމަނިކުފާނުގެ އަތްޕުޅުގައި ރައީސް ޞާލިހުގެ ބަދުއަޚުލާގީ މަންޒަރު ތަކެއް ފެންނަ ފޮޓޯ ތަކެއް ހުރި ކަމަށް ވިދާޅުވިތާ ދެތިން ދުވަހުގެ ތެރޭގައި އެމަނިކުފާނުގެ ފޯނު މީހަކު ޖަހައިގެންފައިވާ ކަމަށް ވިދާޅުވުމުން ކަމަށް ބެލެވެއެވެ. އަދި ރައީސް ނަޝީދު އެގޮތަށް ވިދާޅުވީއްސުރެ ގިނަ ބަޔަކު އެފޮޓޯތައް ދެއްކުމަށް ނުވަތަ ކަމާބެހޭ ފަރާތްތަކުން އެފޮޓޯތައް ހޯދަން ޖެހޭނެ ކަމަށް ބުނަމުން ދަނިކޮށް ކުއްލި ގޮތަކަށް އެމަނިކުފާނުގެ ފޯނު މީހަކު ޖަހައިގަތުމުން އެއީ އެމަނިކުފާނު ކުޅުއްވާ ޑްރާމާއެއްގެ ގޮތުގައި ސިފަ ކުރަށްވައިގެން މޮސްޓާ ދެއްކެވި ވާހަކައެއް ކަމަށް ބެލެވެއެވެ.

ރައީސް ނަޝީދުގެ ފޯނު މިރޭގެ ވަގުތެއްގައި ވަގަށް ނަގާފައިވާކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު