ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޯނު ފޭރިގަތް އިރު އެމަނިކުފާނުގެ ސެކިއުރިޓީ ކޮބައިތޯއޭ ވިދާޅުވެ ޕީއެންސީގެ ނާއިބް ރައީސް އަދި މަޑުއްވަރީ މެމްބަރު އާދަމް ޝަރީފް ސުވާލު ކުރަށްވައިފިއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިހެން ވިދާޅުވީ، އިނގިރޭސި ވިލާތުގައި މިހާރު ހުންނެވި ރައީސް ނަޝީދު އާއިލާއާއެކު ރެސްޓޯރެންޓެއްގައި ފަރިއްކުޅުއްވަން އިންވަނިކޮށް އެމަނިކުފާނުގެ ފޯނު މީހަކު ޖަހައިގަނެ، ފޭރިގަތް ކަމަށް ބުނާ ވާހަކައާއި ގުޅިގެންނެވެ. އެކަމާ ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވަނީ އެ ހާދިސާ ހިނގިއިރު ރައީސް ނަޝީދުގެ ސެކިއުރިޓީ ގާޑުން ކޮބައިތޯ އާއި އެމަނިކުފާނުގެ ސެކިއުރިޓީ އަށް މިވަނީ ކިހިނެތްތޯ ސުވާލު ކުރަށްވާފައެވެ.
"ރައީސް ނަޝީދު ކިޑްނެޕް ނުކުރާނެ ކަން ކަށަވަރުތަ"؟ ރައީސް ޔާމިންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ކަން ކުރެއްވި އާދަމް ޝަރީފް އެމްޑީޕީއަށް އިޝާރާތް ކުރައްވައި ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ފޯނު ޖަހައިގެންފައިމިވަނީ، ރައީސް ޞާލިޙްގެ ބަދުއަޚްލާގީ މަންޒަރުތަކެއް ފެންނަ ފޮޓޯތަކެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވެފައި ވަނިކޮށެވެ. ރައީސް ނަޝީދުގެ ފޯނު މީހަކު ފޭރިގަނެފަައިވާއިރު އެމަނިކުފާނު އަވަހާރަކޮށްލުމަށް މީގެ ކުރިން ވަނީ ބޮމުގެ ހަމަލާއެއްދީ ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައެވެ. އެހަމަލާގަައި ރައީސް ނަޝީދުގެ ފުރާނަފުޅު ސަލާމަތްވެފައިވަނީ ވަރަށް ހަނިގޮތަކަށެވެ. ރައީސް ނަޝީދަށް ދިން ހަމަލާ އާއި އެމަނިކުފާނުގެ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަނީ ވަރުގަދަވެސް ކޮށްފައެވެ. ނަމަވެސް އިނގިރޭސި ވިލާތުގައި އެމަނިކުފާނުގެ ސަލާމަތީ ކަންކަން ހަމަޖެހިފައިވާ ގޮތެއް އެއްވެސް ރަސްމީ ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މިކަމާ ގުޅިގެން މީސް މީޑިއާގައި ފާޑުކިޔަމުންދާ ބައެއް ފަރާތްތަކުން ވަނީ ފޯނާއެކު ރައީސް ނަޝީދު އަތްޕުޅުގައި ހުރިކަމަށް ވިދާޅުވި ރައީސް ޞާލިހުގެ ބަދުއަޚުލާގީ ހަތަރު ފޮޓޯވެސް ގެއްލުނީތޯ ސުވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު