ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖުގެ ތަނބުތަކުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ކުރިއަށްދާނީ މާލޭ ކޮޅުން އެއްގަމުގައި ޖަހާ ތަނބުތަކުގެ މަސައްކަތްކަމަށް ބްރިޖުގެ މަސައްކަތް ބަލަހައްޓާ އޮފީޙުން ބުނެފިއެވެ.
ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖުގެ ތަނބުތަކުގެ މަސައްކަތް އިއްޔެ ވަނީ ފަށާފައެވެ.
ބްރިޖުގެ ތަނބުތަކުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާއިރު ބްރިޖްގެ ކަންކަން ބެލެހެއްޓުމަށް އުފައްދާފައިވާ އޮފީހުން މީޑިއާއަކަށް މައުލޫމާތު ދެމުން ބުނީ އެންމެ ފުރަތަމަ ކުރިއަށް ދާނީ މާލޭގައި ޖަހާ ތަނބުތަކުގެ މަސައްކަތް ކަމަށެވެ.
ބްރިޖް އޮފީހުން ބުނީ އެެއް ގަމުގައި ޖަހާ ތަނބުތަކާއެކު ކަނޑުގައި ޖަހާ ތަނބުތަކުގެ ޕައިލިންގެ މަސައްކަތަށް ކުރަން ޖެހޭ ޓެސްޓްތަކުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ. އަދި ކަނޑުގައި ޖަހާ ތަނބުތަކުގެ ޕައިލިންގެ މަސައްކަތްތައް ފެށޭވަރު ވާނީ އަންނަ ހަފްތާގައިކަމަށާއި، ތަނބުތަކުގެ ކޮންކްރީޓްގެ މަސައްކަތް ފެށޭނީ އެއަށް ފަހުކަމަށް އެ އޮފީހުން ބުނެއެވެ. އެގޮތުން ކަނޑުގައި ޖަހާ ތަނބުތަކުގެ މަސައްކަތް ފެށޭނީ އަންނަ ސެޕްޓެމްބަރުމަހުކަމަށް ލަފާކުރެއެވެ.
ބްރިޖްގެ މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާރ ލިމިޓެޑުންނެވެ. ޕްލޭނިންގ މިނިސްޓްރީން ބުނީ، އެއްބަސްވުމުގައިވާ ޓައިމްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާނެކަމަށެވެ. ފުރަތަމަ ބައިގައި ހިމެނޭ މާލެއިން ގުޅީފަޅާ ހަމައަށް ގުޅާލުމުގެ ހުރިހާ މަސައްކަތްތައް އަންނަ 2023ވަނަ އަހަރުގެ ޑިސެމްބަރަށް ނިންމާނެއެވެ. މާލެއިން ވިލިމާލެއަށް ބްރިޖްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހަށް ނިންމުމަށްވަނީ އެއްބަސްވުމުގައި ހިމަނާފައެވެ.
ތިލަމާލެ ބްރިޖްގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ. މި މަޝްރޫޢުގައި ހިމެނެނީ ބްރިޖް އަދި ލިންކިން ރޯޑް ތަކެކެވެ.
މުޅި މި މަޝްރޫއަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި މިމަސައްކަތަށް ދަޢުލަތުން ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު