ޓޫރިޒަމާބެހޭ ގާނޫނަށް މިދިޔަ ޖުލައިމަހު ގެނައި އިސްލާހެއްގެ ސަބަބުން ގްރީން ޓެކްސް ނެގުން ހުއްޓި ދައުލަތަށް ބޮޑު އާމްދަނީއެއް ގެއްލުމުގެ ބިރު ހީވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަމެއް ހިނގާފައި ވަނީ މިދިޔަ ޖުލައިމަހު ޓޫރިޒަމާބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ނުބައި ތާރީހެއް ޖެހިފައި އޮތުމުގެ ސަބަބުންނެވެ. އެގޮތުން އެ ބިލުގައި 34 ވަނަ މާއްދާ އިސްލާހުކޮށްފައި އޮތީ ގްރީން ޓެކްސް ނަގާނީ 1 ޖަނަވަރީ 2023 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
މީރާގެ އޮފިޝަލަކު ވިދާޅުވީ އެ މާއްދާ މިހާރު އޮތް ގޮތުން ގްރީން ޓެކްސް ނެގުމަކީ މީރާއަށް މި ވަގުތު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެ އިސްލާހުގައި 2023 ޖެހިފައި ވަނީ ޑްރާފްޓް ކުރުމުގައި އަރާފައިވާ އޮޅުމަކުން ކަމަށް ބެލެވޭކަމަށް މިކަމާއި ބެހޭ ފަރާތްތަކުން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަން އިސްލާހު ކުރަން އާ ބިލެއް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން އަންނަނީ މަަސައްކަތްކުރަމުންނެވެ.
ނަމަވެސް މީރާގެ އޮފިޝަލުން ބުނާގޮތުން ޤާނޫނުގައި ނެތް ކަމެއް މީރާއަށް ތަންފީޒު ނުކުރެވޭނޭކަމަށެވެ. އަދި ޤާނޫނު އޮތް ގޮތުން ގްރީން ޓެކްސް މި ވަގުތަކަށް ނުނެގޭނެކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގްރީން ޓެކްސް ނެގުމާ ގުޅޭ މާއްދާއަށް ބަދަލު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހެޅީ ރަށްރަށުގައި ހުންނަ ސިޓީ ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަތުންވެސް ގްރީން ޓެކްސް ނެގޭ ގޮތަށް ހެދުމަށެވެ. އޭރުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެއެވެ. ނަމަވެސް އެކަމުގެ ތެރެއިން އޮޅުމަކުން ދިމާވި ކަމެއްގެ ސަބަބުން ގްރީން ޓެކުހުން ދައުލަތަށް ލިބޭނޭ ކަމަށް ލަފާކުރާ އާމްދަނީން 200 މިލިއަނާއި 300 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ގެއްލުމުގެ ފުރުސަތު މިހާރު އެބައޮތެވެ.
މި އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީގެ 4.8 އިންސައްތައަކީ ގްރީން ޓެކުހެވެ. އެ އެއީ 547 މިލިއަން ރުފިޔާ އެވެ.
ގްރީން ޓެކްސް ނަގަން ފެށީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

ކިޔުންތެރިންގެ ހިޔާލު