ތިލަމާލެ ބްރިޖް މަޝްރޫޢާއެކު އިޤްތިޞާދީ ޙަރަކާތްތަކަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސް ސެކްރެޓަރީ އަހުމަދު ހަމްދާން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން މިހެން ވިދާޅުވީ މާލެއާއި ތިލަމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވައިދޭ ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފެށުމާއި ގުޅިގެނެވެ.

ތިލާމަލެ ބްރިޖުގެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރައީސް ސާލިހު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ބްރިޖުގެ މަސައްކަތް ފެށުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އަހުމަދު ހަމްދާން ވިދާޅުވީ ފެށިގެން އެ ދިޔައީ ރާއްޖޭގައި މިހާތަނަށް ހިންގޭ ޢުމްެރާނީ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫޢުކަމަށެވެ. ބްރިޖް މަޝްރޫޢުގެ ސަބަބުން މާލެއަކީ ހިތްފަސޭހަތަނަކަށް ހެދުމަށް މަގުފަހި ކޮށްދޭނެކަމަށް ހަމްދާން ވިދާޅުވިއެވެ. މީގެއިތުރުން ބްރިޖާއެކު ތަރައްޤީކުރާ ޕޯޓާއެކު ރާއްޖޭގެ އިޤްތިޞާދީ ޙަރަކާތްތަކަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް ހަމްދާން ވިދާޅުވިއެވެ.



ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަޝްވަރާތައް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2019 ސެޕްޓެމްބަރު މަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖަޔަޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. ބްރިޖްގެ މަސައްކަތް 2021 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 26 ވަނަ ދުވަހު ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ.

6.74 ކިލޯ މީޓަރު ދިގު މި ލިންކްގެ، ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެއެވެ. އަދި ފުން ފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް، އަދި މޫދު/ ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރަށް މެރިން ވިއަރޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހެދުން ހިމެނެއެވެ. މި ބްރިޖުން މާލެއާއި ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލާނެއެވެ.

މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް އެއްބަސްވުމުގެ ދަށުން ލިބުނު 400 މިލިއަން ޑޮލަރުގެ ލޯނަކާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ. ބްރިޖް މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ސަޕްލައިކުރުމުގެ މަސައްކަތް ކުރަނީ އެސް.ޓީ.އޯއިންނެވެ.



ކިޔުންތެރިންގެ ހިޔާލު