ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް، ދިރާގުގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން ބުނީ، ދިރާގުގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް މ. ހިލްއިންދަގާޑްން/ ކ.މާލެ، އަބްދުﷲ އަބްދުއްރަހީމް އިއްޔެ އައްޔަންކޮށްފައިވާކަމަށެވެ. އަދި އޭނާ އައްޔަންކޮށްފައިވަނީ ސަރުކާރު ތަމްސީލްކުރާ މެމްބަރެއްގެ ގޮތުގައެވެ.

ދިރާގުގެ ބޯޑުގައި ތިއްބަވަނީ 8 މެމްބަރުންނެވެ. އޭގެތެރެއިން 4 ބޭފުޅުންނަކީ ސަރުކާރުން އައްޔަންކުރައްވާ ޑިރެކްޓަރުންނެވެ.

ދިރާގުގެ ބޯޑު މެމްބަރުކަމުގެ އިތުރުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް އަލްއުސްތާޛާ އާމިނަތު ސުވޭޒާ ނަޢީމް، އަބްލަޣީގެ/ ތ.ވިލުފުށި، ވަނީ އައްޔަންކޮށްފައެވެ.

މީގެއިތުރުން އާސަންދަ ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް މިސްކިތްމަގު. އެލޭނއިރި / ޏ.ފުވައްމުލައް، އަޙްމަދު ޞަބާހް ވަނީ އައްޔަންކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު